ޗާގޯސް މައްސަލައިގައި ސަރުކާރުގެ ސްޓޭންޑް ބަދަލު ކުރުމުން، ސަރުކާރަކީ ''އައްދައުލަތުއް ސްޓޭންޑް ބަދަލުކުރާ'' ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ (އިންތި) ވިދާޅުވެއްޖެއެވެ.
ޗާގޯސްއަކީ މޮރިޝަސްގެ ބައެއްގެ ގޮތުގައި ކަނޑައެޅުމަށް އެ ޤައުމުން އދ. ގެ ޢާންމު މަޖިލީހަށް ހުށަހަޅާފައިވާ މައްސަލައިގައި ރާއްޖެއިން މޮރިޝަސްއާ އެއްކޮޅަށް ޖެހުނު މައްސަލަ ވަނީ ހޫނުވެފައެވެ.
މިއީ 2019 ގައި ދިވެހި ސަރުކާރުން ނިންމި ނިންމުމާ ތަފާތު ނިންމުމެކެވެ. އޭރު ވޯޓުދިނީ ޗާގޯސްއަކީ މޮރިޝަސްގެ ސަރަހައްދެއްގެ ގޮތުގައި ކަނޑައެޅުމާ ދެކޮޅަށެވެ.
ކްލަބު ހައުސްގައި ރޭ ދެއްކެވި ވާހަކައިގައި އިންތި ވިދާޅުވީ މިދިޔަ ސަރުކާރު އޮތްއިރު ގޮވަންޖެހުނީ ''އަމާޒު ވިއްސިވިހާލި އަމާޒު ލާހޫރޭ'' ކަމަށެވެ. ނަމަވެސް މި ސަރުކާރުގެ ޢަމަލުތައް ހުރި ގޮތުން މިހާރު ދުލަށް އަންނަނީ އެފަދަ ބަސްތައް ކަމަށް އިންތި ވިދާޅުވިއެވެ.
''ދެން ވަރަށް ދެރަ މި ވަގުތުގަ އަޅުގަނޑަށް ހަމަ އެކަހަލަ ގޮތަކަށް ސިފަކުރެވެނީ އެކަހަލަ ބަސްތައް މިހާރު ދުލަށް އަންނަނީ އިނގޭތޯ އަޅުގަނޑުމެންގެ އަމިއްލަ ސަރުކާރެއް އޮންނައިރު ވަމުންދާ ގޮތުން. ދެން ދެންނެވިދާނެ އައްދައުލަތުއް ސްޓޭންޑް ބަދަލުކުރާ އޭ ވެސް. މިކަހަލަ ހަމަ އިރުއިރުކޮޅާ ސްޓޭންޑް ބަދަލުކޮށްލައްވަލައްވާ.''
އިންތި ވިދާޅުވީ އެއް ސްޓޭންޑެއްގައި ނުހިފެއްޓި އިރުއިރުކޮޅާ ސްޓޭންޑް ބަދަލުކުރާ ސަރުކާރަކަށް މި ސަރުކާރުވެއްޖެ ކަމަށެވެ.
ސްޓޭންޑް ބަދަލުކުރީ ޗާގޯސްގެ މައްސަލައިގައި އެކަނި ނޫން ކަމަށާއި ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ބިލެއް ފޮނުވުމަށްފަހު އެޖެންޑާއަށް އައުމުގެ މަގުމަތީގައި އޮއްވާ އޭގެ ފުލުން އެ ބިލަށް އިސްލާހު އެބަ ފޮނުވާ ކަމަށެވެ. އެގޮތުން މިހާރު ވެސް އެއް މާއްދާއަކަށް ތިން ބިލު ފޮނުވާފައި އެބައޮތްކަމަށް އިންތި ވިދާޅުވިއެވެ.
''އެހެންވީމަ ވާއެއްނުވާއެއް އެނގޭހެނެއް އަޅުގަނޑަކަށް ހިއެއްނުވޭ މިހާރު. ހެދޭ ނުހެދޭ އެއްޗެއް ނޭނގޭ މިންވަރަށް ކަންކަން ދާތަން ފެންނާތީވެ ކަންބޮޑު މިވަނީ.''
މޮރިޝަސްއަށް ޗާގޯސްގެ ސިޔާދަތީ ބާރު ލިބިގެންވާކަމަށް ރާއްޖެއިން ގަބޫލުކޮށް މިދިޔަ އޮގަސްޓު 22 ގައި އެ ޤައުމުގެ ބޮޑުވަޒީރަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ފޮނުއްވި ސިޓީ ސިއްރު ކުރަންޖެހޭ ސަބަބަކީ ކޮބައިތޯ ވެސް އިންތި ވަނީ ސުވާލު އުފައްދަވައިފައެވެ.
އިންތި ކަލޭމެން ތިއުޅެނީ ޤާނޫނު އަސާސީ އެކޮޅުކޮޅުން ޖަހައިގެން މާފުންނާބު އުސްކޮށްގެން، ދިވެހިރާއްޖޭގެ ދުސްތޫރީ ނިޒާމް ޤަޑުބަޑު ކޮށްގެން މަޖިލިސްތެރެއިން ނުންތޯ، ފާޑު ފާޑުގެ ކޮމޮޓީހަދައިގެން މަޖިލިހަށް ލިބިފައިނުވާ ޢައިރު ޤާނޫނީ ބާރުތަށް ބޭނުން ކޮށްގެން ދައުލަތުގެ ހުރިހާ ކަމަކާއިބެހި ގޮޅީގައި ސޭލް ގޮޑީގައި ސޭލް އަޅުވައިގެން މިއަދުތިޔަތިބީ !
އިންތި ބަލާބަލަ މޮރިސަސް ގަ ސާލިހް ނަމުގަ ހުޅުވިފަ ހުރި އެކައުންތް ތަކަށް ކިހާވަރެއް ޖަމާކޮށްގެންތޯ ބަދަލުގެނައީ.