ޚަބަރު ސިޔާސީ

އެމްޑީޕީން ދުޢާ ކުރިޔަސް ޕީޕީއެމް ބައިބައި ނުވާނެ، މިތިބީ ބަދަހިކޮށް: ޝުޖާއު

ފަތޯނާ ފާއިޒު ، ދެން އޮންލައިން
ޕީއެންސީގެ ނައިބު ރައީސް އިބްރާހީމް ޝުޖާއު--

ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީން، ޕީޕީއެމްގެ ސަފުތައް ބައިބައިވޭތޯ ދުޢާކޮށްކޮށް ތިއްބަސް، އެޕާޓީ އޮތީ ވަރަށް ބަދަހިކޮށް ކަމަށް ޕީއެންސީގެ ނައިބު ރައީސް އިބްރާހީމް ޝުޖާއު ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ޕީޕީއެމްގެ ދާއިރާތަކުގެ އިންތިޚާބުގެ ވޯޓުލުން ފެށިގެން ކުރިއަށް ދިޔައިރު، މީޑިއާތަކާ ވާހަކަ ދައްކަވަމުން ޝުޖާއު ވަނީ، ޕީޕީއެމްގެ އެތެރޭގެ ޑިމޮކްރަސީ ހަރުދަނާ ވަމުން އަންނަކަން ފާހަގަކުރައްވައިފައެވެ.

އޭނާ ވިދާޅުވީ ރައީސް ޔާމީން، އެ ޕާޓީގެ ތާރީޚުގައިވެސް ނުގެންނަ ވަރުގެ ބަދަލުތަކެއް ޕާޓީއަށް ގެންނަވަމުންދާ ކަމަށާއި، ޑިމޮކްރެޓިކް އުސޫލުތަކާއެކު، ޕާޓީ އަކީ "ތިރިން މައްޗަށް" ހިންގާ ޕާޓީއަކަށް ބަދަލު ކުރަމުން އަންނަ ކަމަށެވެ.

"ރައީސް ޔާމީން ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވުމަށް ކުރައްވާ މަސައްކަތުގެ ވަރަށް ބޮޑު ދައުރެއް، މި އިންތިޚާބުން އަދާކޮށްގެންދާނެ. އެމްޑީޕީން ދުޢާ ކޮށްކޮށް ތިބޭނީ އަޅުގަނޑުމެންގެ ސަފުތައް ބައިބައި ވޭތޯ. އެހެންނަމަވެސް އެހެނެއް ނުވާނެ. އެއަށްވުރެ މާ ބަދަހިކޮށް އަޅުގަނޑުމެން ޓީމު މިތިބީ."

ޝުޖާއު ވިދާޅުވީ ރަށްރަށުގައި، ޕީޕީއެމްގެ ގްރާސްރޫޓުގެ ސަޕޯޓަރުންގެ އެންމެ މުހިންމު މަސައްކަތަކީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ޕީޕީއެމަށް ކާމިޔާބު ކޮށްދިނުން ކަމަށެވެ.

 

  1. މިއަދު

    ޢެމްޑިިޕިިން ދުއާކުރިއަސް ޕިިޕިި އެމުންވެސް ދުއާަ ކުރާނެ ﷲ އިރާދަކުރެއްވިއްޔާ ޕޕ އެމްއޮތިި ހެޔޮގޮތުގައި

  2. ނާޅި

    މުސްލިމުން އެއްބަޔަކު އަނެއްބަޔަކަށް ބަދު ދުޢާކޮށް ހަދައިގެން ނުވާނެ ވާދަކޮށް މޮޅުވާން އުޅުނަސް ، ތަނާފުސު ވެސް ޝަރުޢީ މިންގަޑުގެ ތެރޭގައި އޮންނަންޖެހޭ !

  3. ދުނި

    ދުޢާ އިޖާބަ ކުރެއްވުމާ ނުކުރެއްވުން އެއީ ޔާމީނު ކުރާކަމެއް ނޫންކަން ހިތުގެ އެންމެ ފުންމިނުން ގަބޫލު ކުރަންޖެހެއެވެ.

  4. ދިފާއުގައި

    ތިހެން ބުނި ޓައިޓޭނިކް ހެދި މީހުންވެސް! މިހާރު ﷲ ގެ ނިޔާފުޅުވެސް މާކުރިން އެގެނީތޯ މި ބައިގަނޑަށް!