ޒުވާނުންގެ ދިސާގެ ނަމުގަ ޚާއްސަ ކޭމްޕެއް

އެޗް.ޑީ.ސީ އަދި މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ ފަރާތުން ޒުވާނުންގެ ދިސާގެ ނަމުގައި ޚާއްސަ ކޭމްޕެއް ހުޅުމާލޭގައި ބޭއްވުމަށް ނިންމައިފިއެވެ.
އެޗްޑީސީން ވިދާޅުވީ ދިރިއުޅުމުގެ ރިވެތި އާދަތަކާއި ލައިފް ސްކިލްގެ އެކި މަޢޫލޫމާތުތަކާއި ހަރަކާތްތަކާއި އެކު ބޭއްވުމަށް ހަމަޖެހިފައިވާ ޒުވާނުންގެ ދިސާ ހުޅުމާލޭ ފަރުކޮޅުފުށި ކޮންފެރެންސް ހޯލުގައި މިއަދު ކުރިޔަށް ގެންގޮސްފައިވާ ކަމަށެވެ.
މި ޕްރޮގްރާމް ކުރިޔަށްދާނީ 6 ނޮވެމްބަރ އިން 8 ނޮވެމްބަރ 2022 އާއި ހަމަޔަށެވެ. މި ޕްރޮގްރާމްގައި ޖުމްލަ 30 ބައިވެރިންނަށް ފުރުޞަތު ދޭނެކަން ފާހަގަކުރައްވައި، އެޗްޑީސީން ވިދާޅުވީ މި ޕްރޮގްރާމް ޚާއްސަ ކުރެވިފައި ވަނީ އުމުރުން 16-20 އަހަރާ ދެމެދުގެ ޒުވާނުންނަށް ކަމަށެވެ.
މި ހަރަކާތަކީ 2019 އިން ފެށިގެން ޔޫތް މިނިސްޓްރީއާ ގުޅިގެން އެޗްޑީސީގެ ފަރާތުން ކުރިއަށް ގެންދާ ހަރަކާތެކެވެ. އެ ކޯޕަރޭޝަންގެ އަމާޒަކީ ޒުވާނުން ބިނާ ކުރުމުގައި ސަރުކާރުގެ ސިޔާސަތުތަކާއި އެއްގޮތަށް ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިޔުމެވެ.