ދުނިޔެ

ޗައިނާގައި ކޮވިޑް ފެތުރޭ މިންވަރު އަނެއްކާވެސް އިތުުރުވެއްޖެ

ރައުފާ ރަޝީދު ، ދެން އޮންލައިން

މެއި މަހުގެ ކުރީކޮޅުން ފެށިގެން ޗައިނާގައި ދުވާލެއްގެ މައްޗަށް ކޮވިޑް-19 ފެތުރޭ މިންވަރު ވަރަށް ބޮޑަށް އިތުރުވެއްޖެއެވެ.

Ads by Sosun Fihaara

ނޭޝަނަލް ހެލްތު ކޮމިޝަނުން ބުނީ ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހު ޗައިނާއިން 4،045 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާއިރު، އޭގެ ތެރެއިން 757 މީހުންނަކީ އަލާމާތްތައް ހުރި މީހުން ކަމަށާއި 3،288 މީހުންނަކީ ބަލީގެ އަލާމާތެއް ނުފެންނަ މީހުން ކަމަށެވެ. އެއީ އޭގެ ކުރީ ދުވަހާ އަޅާބަލާއިރު 22 އިންސައްތައިގެ ކުރިއެރުމެއް ކަމަށް ބުނެފައިވެއެވެ.

ޗައިނާގެ ޕްރޮވިންސްތަކުގެ ތެރެއިން މިވަގުތު އެންމެ ގިނަ މީހުން ކޮވިޑަށް ފައްސިވެފައިވަނީ 764 މީހުންނާއެކު އިނަރ މޮންގޯލިއާއިންނެވެ.

ޗައިނާއިން މިހާރު ދަނީ ކޮވިޑް-ޒީރޯ ސިޔާސަތަށް އަމަލުކުރަމުންނެވެ. އެ ގައުމުގެ އެކި ސަރަޙައްދުތަކުގައި ހަރުކަށި ފިޔަވަޅުތައް އަޅާފައިވީ ނަމަވެސް، ބަލިފެތުރޭ މިންވަރު ދަނީ އިތުރުވަމުންނެވެ.

މިހާރު އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ވަރުގަދަ ކުރުމަށްވެސް އެ ގައުމުން ދަނީ މަޝްވަރާކުރަމުންނެވެ. އޭގެ ތެރޭގައި ބޯޑަރު ހަރުކަށި ކުރުމާއި، ކޮވިޑަށް ޓެސްޓު ކުރުން އިތުރު ކުރުމާއި ފައްސިވާ އަދަދު އިތުރުވާ ކޮންމެ ފަހަރަކު ލޮކްޑައުން ކުރުން ހިމެނެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!