ޚަބަރު ސިޔާސީ

ޖޭޕީއާއެކު ދޮޅުމަސް ހޭދަކުރުމަށްފަހު މަރްޔަމް ނިޝާ އެމްޑީޕީއަށް

އަޙްމަދު ޝިޔާރު ، ދެން އޮންލައިން

ރައްޔިތުން މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާހިމްގެ ޖުމްހޫރީ ޕާޓީއަށް ސޮއިކުރިތާ ގާތްގަނޑަކަށް ދޮޅުމަސްފަހުން ކުރީގެ މަޝްހޫރު ފިލްމީތަރި މަރްޔަމް ނިޝާ މިއަދު އެމްޑީޕީއަށް ސޮއިކޮށްފިއެވެ.

Ads by STELCO

ނިޝާ ޖުމްހޫރީ ޕާޓީއަށް ސޮއިކުރީ މީގެ ދޮޅުމަސް ކުރިން މިދިޔަ ސެޕްޓެމްބަރު 18 ގައެވެ.

ނިޝާ މިއަދު އެމްޑީޕީއާ ގުޅުނުކަން ހާމަކޮށް އެ ޕާޓީގެ ޗެއާޕާސަންގެ ނައިބު އިބްރާހިމް ވަޙީދު (އިބްރޭ) ވަނީ ޓުވީޓެއް ކުރައްވައިފައެވެ. އިންރޭ ގެންދަވަނީ އެމްޑީޕީއަށް މީހުން އިތުރު ކުރުމަށް ރަށްތަކަށް ދަތުރުފުޅުތަކެއް ވެސް ކުރައްވަމުންނެވެ.

ނިޝާއަކީ ރާއްޖޭގެ ފިލްމީ ދާއިރާގައި ގިނަ ދުވަސްތަކެއްވަންދެން ޚިދުމަތްކޮށްފައިވާ ފަންނާނެކެވެ. ނިޝާގެ އެކްޓިންގެ މޮޅުކަމުގެ ސަބަބުން އޭނާގެ ގިނަ ފިލްމުތައް ވެފައިވަނީ ބެލުންތެރިންގެ ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ފިލްމުތަކަކަށެވެ.

ފިލްމީ ދާއިރާގައި ކުރިން އުޅުނު ބައެއް ފަރާތްތައް ސިޔާސީ ދާއިރާއަށް ދަނީ ނިކުންނަމުންނެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!