ދުނިޔެ

ކޮވިޑު-19 އަށް ފަހު ޗައިނާގައި އިތުރު ވައިރަހެއް ފެތުރެނީ

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

ދުނިޔޭގެ އެކި ގައުމުތަކުން އަދިވެސް ކޮވިޑު-19 އިން ސަލާމަތް ނުވަނީސް ޗައިނާއިން އަނެއްކާވެސް އިތުރު އެހެން ވައިރަހެއް ފެތުރެން ފަށައިފިއެވެ. މި ވައިރަސް އަށްޓިކްބޯންވައިރަސް ގެ ނަމުން ވަނީ ނަން ދީފައެވެ.

Ads by Sosun Fihaara

ބޭރުގެ މީޑިއާތައް ބުނާ ގޮތުގައި މިދިޔަ ބުދަ ދުވަހާ ހަމައަށް ޗައިނާގެ 60 މީހަކު މި ބައްޔަށް ފައްސިވެ ހަތް މީހަކު ވަނީ މި ވައިރަހުގެ ސަބަބުން ދުނިޔެ ދޫކޮށްފައެވެ.

މިބައްޔަކީ ގައިން ގަޔަށް އަރާ ބައްޔެއްކަން ސާބިތުނުވާ ކަމަށް ކަމާ ބެހޭ ފަރާތްތަކުން ވަނީ ބުނެފައެވެ. ޗައިނާގެ އަވަށެއް ކަމަށްވާ ނަންޖިންގް ގައި ދިރިއުޅޭ އަންހެނެއް މިބައްޔަށް ފައްސި ވެފައި ވާއިރު ސިއްހީ މާހިރުން ވަނީ މިހާރު މި ބަލީގެ އަލާމާތްތަކަކީ ކޮބައިކަން ހޯދަން މަސައްކަތް ކޮށްފައެވެ. އެގޮތުން ހުން އައުމާއެކު ކެއްސުމަކީ މީގެ އެންމެ ބޮޑުއެއް އަލާމާތް ކަމަށް ވެސް މީޑިއާތަކުން ރިޕޯޓްކޮށްފައިވެއެވެ. އަދި މި ވައިރަސް ގެ ސަބަބުން މީހާގެ ގައިން ލޭގެ މިންވަރު މަދު ކުރާކަން ވެސް ވަނީ ހާމަވެފައެވެ. ނަންޖިންގް އިން ފައްސިވިމީހާގެ ހާލު މިހާރު ރަނގަޅު ކަމަށާއި އެއް މަސް ވަންދެން ހޮސްޕިޓަލުގައި ބޭއްވުމަށްފަހު މިހާރު ވަނީ ގެއަށް ފޮނުވާލެވިފައި ކަމަށް ވެސް މީޑިއާ ތަކަށް ޚަބަރު ލިބެއެވެ.

މި ވައިރަސް އަކީ ޗައިނާ އަށް އައު ވައިރަހެއް ނޫން ކަމަށާއި، 2011 ވަނަ އަހަރު ވެސް މި ވައިރަސް އެގައުމުން ފެނިފައިވާ ކަމަށް ވެސް ވަނީ ކަމާ ބެހޭ ފަރާތްތަކުން ވިދާޅުވެފައެވެ. މި ވައިރަހަކީބުންޔާ ވައިރަސްގެ ވައްތަރެއްކަމަށް ވެސް މީޑިއާތަކުން ބުނެފައިވެއެވެ،

ޗައިނާގެ ކަމާބެހޭ ސިއްޙީ މާހިރުން ވިދާޅުވައި ގޮތުގައި މި ބައްޔަކީ ގައިން ގަޔަށް އެރިޔަސް އެހާ ނުރައްކާ ވެދާނެ ބައްޔެއް ނޫނެވެ. ސަބަބަކީ މި ބަލީގެ އަސަރު ކޮވިޑް-19 އާ ޚިލާފަށް ވައިގެ ޒަރިއްޔާއިން ދަތުރު ނުކުރާތީއެވެ. އެހެންނަމަވެސް މި ބައްޔަކީ ކުޑަ ކަމަކަށް ހަދައިގެން ނުވާނޭ ކަމަށާއި މި ބަލި ލޭގެ ޒަރިއްޔާއިން ގައިން ގަޔަށް ވާރުތަ ވާނެކަމަށް މާހިރުން ބުނެއެވެ.

ކޮވިޑު-19 އަށް ފަހު ޗައިނާއިން ފެނުނުހަންޓާ ވައިރަސްގައި ޗައިނާގެ ރައްޔިތަކު މަރުވުމުން އެ ގައުމުގެ މީހުން ތެޅިފޮޅިގަތް ކަމަށާއި މިފަހަރު އެއްވެސް ވަރަކަށް ތެޅިނުފޮޅި،އެބޭފުޅުންގެ އިރުޝާދުތަކާއި އެއްގޮތަށް ކަންތައް ކޮށްފިއްޔާ މި ވައިރަސް ވެސް ކޮންޓްރޯލް ކުރެވިދާނެ ކަމަށް ކަމާ ބެހޭ ސިއްހީ މާހިރުން ވަނީ ބުނެފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!