ޚަބަރު

ސަމާލުވޭ, ކޮވިޑް ޖެހޭ މީހުންގެ ޢަދަދު އިތުރުވަނީ!

ރައުފާ ރަޝީދު ، ދެން އޮންލައިން
ދެން އިމޭޖްސް/ އިބްރާހިމް ޝަމްވީލް

ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު މިދުވަސްވަރު އިތުރުވަމުން އަންނާތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭއިން އިލްތިމާސްކޮށްފިއެވެ.

އެޗްޕީއޭއިން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު މާލެ ސަރަޙައްދުގައި އޮކްޓޫބަރު މަހުގެ ފުރަތަމަ ހަފްތާގައި ފައްސިވެފައިވަނީ 19 މީހެކެވެ. މިމަހުގެ ފުރަތަމަ ހަފްތާގައި މާލެ ސަރަޙައްދުންވަނީ 43 މީހަކު ފައްސިވެފައެވެ.

އަދި ރިސޯޓުތަކާއި ސިނާޢީ މަސައްކަތް ކުރާ ރަށްރަށާއި ސަފާރީތަކުން ޕޮޒިޓިވްވީ މީހުންގެ ޢަދަދު ވަނީ 45 އަށް އިތުރުވެފައެވެ. މިއާއެކު ރާއްޖޭގައި ބަލިޖެހުނު މީހުންގެ ޖުމްލަ ޢަދަދުވަނީ 185454 އަށް އަރާފައެވެ.

އަރިދަފުސް ރޯގާއާއި ކޯވިޑް-19 އިން ރައްކާތެރިވުމަށް އެޅުން މުހިންމު ފިޔަވަޅުތަކުގެ ތެރޭގައި އަރިދަފުސް ރޯގާގެ އެއްވެސް އަލާމާތެއް ހުރިނަމަ ވީހާވެސް އަވަހަށް ޓެސްޓް ކުރުން، އަރިދަފުސް ރޯގާގެ އަލާމާތެއް ހުރިނަމަ އަނގައާއި ނޭފަތް ނިވާވާނެހެން ރަނގަޅަށް މާސްކް އެޅުން ހިމެނެއެވެ.

މީގެ އިތުރުން އާއްމު ތަންތަނުގައި އުޅޭއިރު ގައިދުރުކަން ބެހެއްޓުން، ސައިބޯނިލައިގެން ރަނގަޅަށް އަތްދޮވުން ނުވަތަ ސެނިޓައިޒަރ ބޭނުންކޮށްގެން އަތް ސާފުކުރުން، ރޯގާގެ އެއްވެސް އަލާމާތެއް ހުރިނަމަ މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިޔުން އަދި ބަލި ޖެހުމުން، ނުރައްކާވުމުގެ ފުރުޞަތު ބޮޑު މީހުން އިންފުލުއެއްންޒާ ވެކްސިން ޖެހުންް ވެސް ހިމެނެއެވެ.

  1. ކީކޭ

    އޯކޭ