އެޑްވަޓޯރިއަލް ވިޔަފާރި

އުރީދޫ ފުޓްބޯލް ފޯރި ލަކީ ޑްރޯގެ ނަސީބުވެރިން އިއުލާންކޮށްފި

ރައުފާ ރަޝީދު ، ދެން އޮންލައިން

އުރީދޫ ފުޓްބޯލް ފޯރީ ލަކީ ޑްރޯ ގެ ގްރޭންޑް ޕްރައިޒްގެ ހަތަރު ނަސީބުވެރިން އުރީދޫމޯލްޑިވްސް އިން އިއުލާނުކޮށްފިއެވެ.

Ads by STELCO

މި ހަތަރު ނަސޭބުވެރިންނަށް ފީފާ ވޯލްޑް ކަޕް ގަތަރު2022 ގެ ސެމީ ފައިނަލް މެޗެއް ބެލުމަށް ގަތަރަށް ދިއުމުގެ ދެކޮޅު ޓިކެޓް، އެކޮމޮޑޭޝަން އަދި ސްޓޭޑިއަމް ޓިކެޓް ލިބިގެންދާނެއެވެ. އުރީދޫ ފުޓްބޯޅަ ފޯރި ލަކީޑްރޯގައި ބައިވެރިވުމުގެ ފުރުސަތު 1 އޮގަސްޓް 2022 އިން ފެށިގެން 31 އޮކްޓޯބަރ 2022ގެ ނިޔަލަށް އުރީދޫގެ ކޮންމެ ހިދުމަތެއް ބޭނުން ކުރާ ކޮންމެ ކަސްޓަމަރަކަށް ވަނީ ފުރުސަތު ހުޅުވާލައިފައެވެ.

ލަކީޑްރޯގެ ނަސީބުވެރިން ހޮވައި ރާއްޖެ ޓީވީ ރޯޑު ޓު ވޯލްޑް ކަޕް ޝޯ ގައި ލައިވްކޮށް އިއުލާންކޮށްފައިވަނީ ގައިމާޒިޔާގެ ކުޅުންތެރިންނާއި ވައިސް ޗެއާމަން އިބްރާހިމް ވަހީދާއި އުރީދޫ މޯލްޑިވްސްގެ ޗީފްކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒެވެ.

އުރީދޫ ފުޓްބޯލް ފޯރީ ލަކީ ޑްރޯއިން ހޮވުނު ހަތަރު ނަސީބުވެރިން:

  1.  މަރިޔަމް ޝަބްނަމް
  2.  އަހުމަދު ޝިހާމް
  3.  ހާފިޒް ސައީދު
  4. ސޮމަރަތްނަ ޔޮޑަގެ

އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ޚާލިދު އަލް ހަމާދީ ވަނީ  ވޯލްޑް ކަޕް ގެ ސެމީ ފައިނަލް މެޗު ގެ ފޯރި ލައިވްކޮށް ގަތަރުގައި ތަޖުރިބާކޮށްލުމުގެ ފުރުސަތު ލިބުނު 4 ނަސީބުވެރިންނަށް ވަރަށް ހޫނު މަރުހަބާއެއްދަންނަވާފައެވެ.

“އަޅުގަނޑުމެންގެ އަމާޒަކީ ރާއްޖޭގައި މެޗުތައް ބައްލަވާކަސްޓަމަރުންނަށްވެސް މި އުފާވެރިކަމާއި ފޯރި ގެނެސްދިނުމަށް. އެގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އަޅުގަނޑުމެން މިދަނީ ވަރަށް ގިނަ ޙަރަކާތްތައް ރާވާމުން. އަޅުގަނޑުމެންގެ ޕާޓްނަރުންނާ އެކު މި ކުރެވޭ މަސައްކަތާއެކު ރާއްޖޭގެ އެކިހިސާބުތަކުގައި ދިރިއުޅޭ އެކި އުމުރުފުރާއިގެ މީހުންނަށް ވެސް އުފާވެރި އަދި ކުލަގަދަ ވޯލްޑް ކަޕަކަށް އުއްމީދުކުރަން" ޚާލިދު ވިދާޅުވިއެވެ. 

ގަތަރަށް ކުރާ ދަތުރުގެ އިތުރުން އުރީދޫ މޯލްޑިވްސް އިން އަންނަނީ ކޮންމެހަފުތާއަކު ހޮވޭ ނަސީބުވެރިންނަށް ސެމްސަންގް ގެލެކްސީ ބަޑްސް، އެއާޕޮޑްސް، އެއާޓެގްފަދަ އިނާމުތައް ދެމުންނެވެ.

މި ލަކީޑްރޯ ޕްރޮމޯޝަނަކީ ރާއްޖޭގެ ފުޓްބޯޅަ ސަޕޯޓަރުންނަށް އުފާވެރި އަދި މަޖާވޯލްޑް ކަޕް ތަޖުރިބާތަކެއް ހޯދައިދިނުމުގެ މަގްސަދުގައި 23 މެއި 2022 ގައި ރަސްމީކޮށްފެށި އުރީދޫ މޯލްޑިވްސްގެ ފުޓްބޯލް ފޯރީ ކެމްޕެއިންގެ ދަށުން ކުރިއަށް ގެންދާޕްރޮމޯޝަނެކެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ކަސްޓަމަރުންނަށް ކޮންމެތަނަކުން ވެސް މެޗުތައް ބެލޭނެ އިންތިޒާމް ހަމަޖެއްސުމުގެ ގޮތުން އުރީދޫ މޯލްޑިވްސްއިން ވަނީ ފީފާ ވޯލްޑް ކަޕް ގަތަރު 2022 ގެ ކަވަރޭޖް ޓައިޓަލް ޕާޓްނަރަކަށް މީޑިއާނެޓާއެކު ސޮއިކޮށްފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!