ޚަބަރު

ޗާގޯސްގެ ހޯދަން ލިބުނު ފަހު ފުރުސަތު ގެއްލުވާލީ ރައީސް ޔާމީން: ޝާހިދު

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ކުރީގެ ސަރުކާރުތަކުން ޗާގޮސް މައްސަލަ ހައްލެއް ހޯދަން މަސައްކަތް ކޮށްފައި ނުވާ ކަމަށް ސަރުކާރުން ބުނެ، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމަށް ހާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު ފާޑު ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ރައީސް އޮފީހުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އާއި ބަންޑާރަ ނައިބު އިބްރާހީމް ރިފްއަތު ވަނީ ޗާގޮސް މައްސަލައިގައި މިހާރު ދެކެވެމުން އަންނަ ވާހަކަތަކަށް އަލި އަޅުއްވާލާފައެވެ.

އިދިކޮޅުން އަންނަނީ ޗާގޯސް މައްސަލައިގައި ސަރުކާރުން އިސްކުރީ ރާއްޖޭގެ މަސްލަހަތު ނޫން ކަމަށް ބުނެ ފާޑު ކިޔަމުންނެވެ. އަދި އެއީ ރާއްޖެއިން ބައެއް ދިނުން ކަމަށް އިދިކޮޅުން ތުހުމަތު ކުރެއެވެ.

މިތުހުމަތުތަކަށް ރައްދު ދެއްވަމުން އަބްދުﷲ ޝާހިދު ވިދާޅުވީ މިހާތަނަށް ރާއްޖޭގައި އެކުލަވާލެވުނު އެއްވެސް ޤާނޫނު އަސާސީއެއްގައި އެއްވެސް އިރެއްގައި ޗާގޯސްއަކީ ރާއްޖޭގެ ސިޔާދަތީ ބާރު ހިމެނޭ ރަށްތަކެއްކަމަށް ކަނޑައަޅަފައި ނުވާކަމަށެވެ.

މިނިސްޓަރު އިތުރަށް ޝާހިދު ވިދާޅުވީ ޗާގޮސްގެ މައްޗަށް ސިޔާދަތީ ބާރު އޮތް މޮރިޝަސްއާއި ދިވެހިރާއްޖޭގެ އިގްތިސާދީ ސަރަހައްދު ފުށުއަރާތީ އިނގިރޭސިވިލާތާއެކު ރާއްޖެއިން 1992 ވަނަ އަހަރު އެއްބަސްވުމެއްގައި ސޮއިކުރި ކަމަށެވެ. އަދި މޮރިޝަސް އާ ސަރަހައްދީ އިން ފުށުއަރާ ކަމަށް އެ ގައުމާއެކު 2010 ވަނަ އަހަރު އޭރުގެ ފޮރިން މިނިސްޓަރު ޑރ. އަހްމަދު ޝަހީދު އެއްބަސްވެވަޑައިގެންނެވި ކަމަށެވެ.

އޭގެ ފަހުގެ ތާރީޚަށް ބަލާލަމުން ޝާހިދު ވިދާޅުވީ، 2017 މޮރީޝަސް ސަރުކާރުން ކުރަމުން އައި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން އދއަށް ޤަރާރެއް ހުށައެޅިކަމަށާއި، އެޤަރާރުގައި ވަނީ ސިޔާދަތުގެ ބާރުގެ ދަށުގައި އޮތް ޗާގޯސްއަކީ މޮރީޝަސްގެ ބާރު ހިނގާ ތަނެއްކަމަށާއި، ،އެތަނުގައި ތިބި މީހުން ގަދަބާރުން ބާލުވާފައިވާކަމަށެވެ. އަދި އެ ޤަރާރު އެތަނުގެ އަސްލު ވަޒަންވެރިން އެތަނަށް ގެނެސް ޗާގޯސް މޮރީޝަސްއާއި ހަވާލުކުރުމަށް އެ ގަރާރުގައި ބަޔާންކޮށްފައިވާކަމަށެވެ.

ޝާހިދު ވިދާޅުވީ އެ މައްސަލަ އިސްތިއުނާފްކުރުމަށް އިންޓަރނޭޝަނަލް ކޯޓު އޮފް ޖަސްޓިސްއަށް ހުށައެޅުމުގެ ފުރުޞަތު އޭރުގެ ސަރުކާރަށް (ރައީސް ޔާމީންގެ ސަރުކާރަށް) ލިބިވަޑައިގަތްނަމަވެސް، އެކަން ނުކުރައްވާ އެ ސަރުކާރުން ހަނު ހުންނެވީކަމަށެވެ. އެހެންކަމުން ޗާގޯސްއަކީ ރާއްޖޭގެ ބައެއްކަމަށް ހަދަން ލިބުނު އެންމެފަހުގެ ފުރުޞަތު ގެއްލުވާލީ ރައީސް ޔާމީންގެ ސަރުކާރުންކަމަށް ޝާހިދު ވިދާޅުވިއެވެ.

Ads by Ooredoo
  1. ކޮންމެ ބަޔަކުވެސް ޗާގޯސް ވިއްކާލައިގެން ދެކޮޅުން ކަނީ އެއްދުވަހު އިގިރޭސި ވިލާތަށް އަނެއްދުވަހު އިންޑިޔާއަށް އަނެއްދުވަހު މޮރިޝިސް އަށް އަނެއްދުވަހު އެމެރިކާޔަށް މުޅިންވެސް ޑީލް ޑީލް !

  2. ސައްލި

    ސިޔާސީ ވަފާތެރި ކެހިވެރިން ރައްޔިތުން ގުންބޯ ހައްދަނީ، މުޅިންވެސް މިތިބެނީ ހަސަން ރަސްގެފާނު މެން !