ރޭގެ އަލިފާނުގެ ހާދިސާގައި ނުވަ މަރު!

މާލޭގައި ރޭ ހިނގި އަލިފާނުގެ ހާދިސާގައި ނުވަ މީހުން މަރުވެއްޖެއެވެ.
ރޭ އަލިފާން ރޯވެފައިވަނީ މާލޭގެ އިސްކަންދަރު މަގާ ކޯރުކެނޑި މަގު ގުޅޭ ހިސާބުގައި ހުރި މ.ނިރުފެހި ކިޔާ ގެއެއްގައެވެ. އެގޭގައި ގަރާޖަކާ ލޭބަރ ކުއާޓަރެއް ހުރެއެވެ. މި ހާދިސާގައި ނުވަ މީހަކު މަރުވެފައިވާކަން އެމްއެންޑީއެފާ ފުލުހުންވެސް ކަށަވަރު ކޮށްދެއްވައެވެ. އެނގިފައިވާ ގޮތުގައި، މަރުވެފައިވަނީ ބިދޭސީންނެވެ.
އަލިފާންގަނޑު ކޮންޓްރޯލް ކުރަމުން ދިޔައިރުވެސް، އިމާރާތުގައި ދިރިއުޅެމުން ދިޔަ ބަޔަކު މަދުކަން ފުރަަތަމަ ފާހަގަކުރެވިފައި ނުވާ ކަމަށާއި، އެކަން ފާހަގަވީ ފަހުން ކަަމަށް ބައެއް މީޑިއާތަކުން ވަނީ ރިޕޯޓް ކޮށްފައެވެ.
މި ހާދިސާއާ ގުޅޭގޮތުން، ރޭ ދިވެހި ފުލުހުންގެ ޚިދުމަތުން މީޑިއާތަކަށް ފޮނުއްވި މެސެޖުގައި ވިދާޅުވެފައިވަނީ މި ހާދިސާގެ މައުލޫމާތު ލިބިފައިވަނީ، ރޭ 12:27 ހާއިރު ކަމަށެވެ. ރޯވި އަލިފާންގަނު އެއްކޮށް ކޮންޓްރޯލް ކުރެވުނީ ފަތިހު 4:30 ހާއިރު ކަަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ.