Wednesday, 28 October 2026
Advertisement
HDC — Share-Below (leaderboard)
ރައްޔިތުންގެ މަޖިލިސް

މޮރިޝަސްގެ ބޮޑުވަޒީރަށް ރައީސް ފޮނުއްވި ސިޓީގައިވާ އެއްޗެއް ރައްޔިތުން އެނގެން ބޭނުންވޭ: ޝިޔާމް

މޮރިޝަސްގެ ބޮޑުވަޒީރަށް ރައީސް ފޮނުއްވި ސިޓީގައިވާ އެއްޗެއް ރައްޔިތުން އެނގެން ބޭނުންވޭ: ޝިޔާމް

ފޯޅަވަހީގެ މައްސަލައިގައި މޮރިޝަސްގެ ބޮޑުވަޒީރަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ފޮނުއްވެވި ސިޓީފުޅުގައިވާ އެއްޗެއް ރައްޔިތުން އެނގެން ބޭނުންވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަޙުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި އިންޑިއާއާ ގުޅޭގޮތުން، ނޫސްވެރިއަކު ސުވާލު ކުރުމުން، ފޮރިން މިނިސްޓަރު ޝާހިދު، ޖަވާބު ނުދެއްވިކަމަށް ނޫހެއްގައި ޝާޢިއު ކުރި ޚަބަރު ރީޓްވީޓް ކުރައްވައި ޝިޔާމް ވިދާޅުވީ އެހެންވަނީ ލައްކަ ގިނަ ކަންކަން ސަރުކާރުން ފޮރުވައިގެން އުޅޭތީ ކަމަށެވެ.

މޮރިޝަސްގެ ބޮޑުވަޒީރަށް ރައީސް ފޮނުއްވި ސިޓީގައިވާ އެއްޗަކާ، އިންޑިއާ ސަރުކާރާއެކު ދިވެހި ސަރުކާރުން ވެފައިވާ އެއްބަސްވުންތަކުގައި އޮތް އެއްޗެއްވެސް ރައްޔިތުން އެނގެން ބޭނުންވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

Advertisement
Allied — Dhen Online (box)

ޝިޔާމްގެ ޓްވީޓުގައި ރައީސް ޞާލިޙާއި، ފޮރިން މިނިސްޓަރު ޝާހިދުގެ އިތުރުން ޑިފެންސް މިނިސްޓަރު މާރިޔާ އަޙްމަދު ދީދީވެސް ޓެގް ކުރެއްވިއެވެ.

https://twitter.com/Shiyamaldives/status/1590306315599237120

ފޯޅަވަހީގެ މައްސަލަ ހޫނުވީ، އެތަނުގެ ކަނޑުގެ ސަރަހައްދާއި ރާއްޖޭގެ އިޤްތިޞާދީ ސަރަޙައްދާއި ފުށުއެރުން ހުރި ކަމަށްބުނެ ބައިނަލްއަޤްވާމީ ޓްރައިބިއުނަލަށް މޮރިޝަސްގެ ފަރާތުން ރާއްޖެއާއި ދެކޮޅަށް މައްސަލަ ހުށަހަޅައިގެން ކުރިއަށްދަނިކޮށް، މިއަހަރުގެ އޯގަސްޓްމަހުގެ 22 ވަނަ ދުވަހު މޮރިޝަސްގެ ބޮޑު ވަޒީރަށް ރައީސް ޞާލިހު ވަނީ، އެޤައުމަށް ފޯޅަވަހީގެ ސިޔާދަތީ ބާރު ލިބިގެންވާކަން ޤަބޫލުކުރައްވައި، ސިޓީފުޅެއް ފޮނުއްވައިފައެވެ. އެޓާނީ ޖެނެރަލް އިބްރާހީމް ރިފްޢަތު، ބައިނަލްއަޤްވާމީ ޓްރައިބިއުނަލްގައި ވަނީ މިކަން ހާމަކުރައްވައިފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް