ޚަބަރު ޝަރުޢީ ދާއިރާ

އަލަމްގިރިއަށް ކުރާ އިތުރު 6 ދަޢުވާއަކަށް މިއަދު ޙުކުމް އިއްވަނީ

އަޙްމަދު ޝިޔާރު ، ދެން އޮންލައިން

ރާއްޖޭގެ ގިނަ ބަޔަކާއެކު އެއް ޖިންސުން ޖިންސީ ގުޅުން ހިންގި މައްސަލައިގައި ބަންގްލަދޭޝްގެ އެމްޑީ އަލަމްގީރް (އަލަމްގިރި) ގެ މައްޗަށް ދައުލަތުން އުފުލާފައިވާ އިތުރު ދަޢުވާއަކަށް މިއަދު ޙުކުމް އިއްވުމަށް ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފިއެވެ.

Ads by STELCO

އަލަމްގީރުގެ މައްޗަށް ފަހުން އުފުލީ އެއް ޖިންސުން ގުޅުން ހިންގުމުގެ ކުށުގެ ހަ ދަޢުވާއެވެ.

ކްރިމިނަލް ކޯޓުގެ އޮފިޝަލަކު ''ދެން'' އަށް ވިދާޅުވީ މިއަދު 13:00 ގައި މި ދަޢުވާތަކައް ޙުކުމް އިއްވުމުގެ މަޖިލިސް އޮންނާނެ ކަމަށެވެ.

އެނގިފައިވާ ގޮތުން މި ދަޢުވާތަކަށް ވެސް އަލަމްގީރް ވަނީ އެއްބަސްވެފައެވެ. އެ ގޮތުން ގާޒީ ނިންމެވީ އަވަސް ނިޔާގެ މައްސަލައެއްގެ ގޮތުގައި މައްސަލަ ނިންމެވުމަށެވެ.

ގިނަ ބަޔަކާއެކު އެއް ޖިންސުން ގުޅުން ހިންގި މައްސަލައިގައި އަލަމްގީރަށް އުފުލީ އެއް ޖިންސުން ގުޅުން ހިންގުމުގެ ކުށުގެ ތިން ދަޢުވާއެވެ. އެ ދަޢުވާތައް ސާބިތުވުމުން މިދިޔަ އޮގަސްޓުމަހު 31 ގައި އޭނާގެ މައްޗަށް އިއްވީ ހަތް މަހާއި ހަ ދުވަހުގެ ޖަލު ޙުކުމެކެވެ.

މީގެ އިތުރުން އޮރިޔާން ކާޑު ހެދުމުގެ ކުށުގެ 40 ދަޢުވާ ވެސް އުފުލިއެވެ. އެއީ އެއް ޖިންސުން ޖިންސީ ގުޅުން ހިންގުމަށްފަހު އެ މަންޒަރުތައް ސިއްރުން ރެކޯޑް ކުރުމުންނެވެ.

އެއިން ކޮންމެ ދަޢުވާއަކަށް އިއްވީ 27 ދުވަހުގެ ޖަލު ޙުކުމެއް ކަމަށެވެ. އެ ގޮތުން ކޮންމެ ދަޢުވާއަކަށް 27 ދުވަހުގެ މަގުން އޭނާގެ މައްޗަށް އައިސްފައިވަނީ ޖުމްލަ 1080 ދުވަހުގެ ޖަލު ޙުކުމެކެވެ. އެއީ ތިން އަހަރެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!