ޚަބަރު ރައްޔިތުންގެ މަޖިލިސް

އަލިފާނުގެ ހާދިސާ ތަޙުޤީޤުކޮށް، ބިދޭސީން އުޅޭ ޙާލަތު ބެލުމަށް ނަޝީދު ގޮވައިލައްވައިފި

ފަތޯނާ ފާއިޒު ، ދެން އޮންލައިން
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު--

މާލޭގައި މ.ނިރުފެހި ގޭގައި، ރޭ ދަންވަރުގެ ވަގުތެއްގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާ ހިނގައިދިޔަ ގޮތް ރަނގަޅަށް ތަޙުޤީޤު ކުރަން ޖެހޭކަމަށް ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

އިސްކަންދަރު މަގާއި ކޯރުކެނޑި މަގު ގުޅޭ ސަރަހައްދުގައި ހުންނަ އޭސްއެމް ކޫލް ސޮލިއުޝަންސް ކިޔާ ގަރާޖެއްގައި ރޯވެއް ހިނގައިދިޔަ ހާދިސާގައި 10 މީހަކު މަރުވިއެވެ. މިއީ މިހައިތަނަށް ރާއްޖޭގައި ހިނގި އެންމެ ހިތާމަވެރި އަލިފާނުގެ ހާދިސާ ކަމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް( އެމްއެންޑީއެފުން) ވަނީ ވިދާޅުވެފައެވެ.

މި ހާދިސާއާ ގުޅިގެން ކުރެއްވި ޓުވީޓްގައި ރައީސް ނަޝީދު ވަނީ ބިދޭސީ މަސައްކަތްތެރިންތަކެއް މަރުވެފައިވާތީ، އިންތިހާއަށް ކަންބޮޑުވެލައްވާކަމަށް ވިދާޅުވެފައެވެ.

ނިޔާވި ބިދޭސީންގެ އާއިލާތަކަށް ތައުޒިޔާ ދަންނަވައި ރައީސް ނަޝީދު ވިދާޅުވީ، އެ ހާދިސާ ހިނގައިދިޔަ ގޮތުގެ ތަހުގީގުތަކެއް އަވަހަށް އަދި ފުރިހަމައަށް ކުރަންޖެހޭކަމަށާއި، ދިވެހިރާއްޖޭގައި ދިރިއުޅެމުންދާ ބިދޭސީ މަސައްކަތްތެރިންގެ ޙާލަތު ދެނެގަތުން މުހިންމު ކަމަށެވެ.

ރޭ އަލިފާނުގެ ހާދިސާ ހިނގި އިމާރާތުގައި 40އާ ގާތް ކުރާ އަދަދަކަށް ބިދޭސީން ދިރިއުޅެމުން ދިޔައިރު، އެމީހުން އުޅެމުން ދިޔައީ ވަކި ބިސީ ހަދައިގެން، ކޮންމެ އެނދެއްގެ ކައިރީގައި ކަހަލަ ގޮތަކަށް ގޭސް ފުޅިއެއްވެސް ބަހައްޓައިގެން ކަމަށް އެނގިފައިވެއެވެ.

Ads by Allied Insurance
  1. ެއިއްބެ

    ތިޔަވިދާޅުވެވުނީ100%ތެދުފިޅެއް އެފަދަތަންތަންބަލައިރަނގަޅުކުރުމަކީ މާލޭސިޓީކައުންސިލާ ސަރުކާުންބަލަންޖެހޭ

  2. ސަލީމާ

    ހ.ދޫހިމެރިގެ ޗެކްކޮށްލަބަލަ ބިދޭސީން ދިރިއުޅޭވަރު ބަލާލަން