އިސްލާމީ އުންމަތް ބިނާކޮށް ހަރުދަނާ ކުރުމުގައި ޒުވާނުންގެ ދައުރު ވަރަށް މުހިންމު: ހުތުބާ
އިސްލާމީ އުންމަތް ބިނާކޮށް ހަރުދަނާ ކުރުމުގައި ޒުވާނުންގެ ދައުރު ވަރަށް މުހިންމު ކަމަށް ހުކުރު ޚުތުބާގައި ބުނެފިއެވެ.
މިއަދުގެ ހުކުރު ޚުތުބާގައި އަލިއަޅުވާލައިފައިވާ މައުޟޫއު އަކީ "އީމާންކަން ހަރުދަނާކުރުން" މިއެވެ.
ޚުތުބާގައި ބުނެފައި ވަނީ އިންސާނާގެ ކާމިޔާބީއާއި، ބާއްޖަވެރިކަން ވަނީ މާތް ﷲ އަށް ފުރިހަމަ މާނާގައި އީމާންވުމުން ކަމަށެވެ. އަދި އީމާންކަމަކީ އިސްލާމްދީނުގެ
އަސާސް ކަމަށާއި ދުނިޔެވީ ޙަޔާތުގެ އުފަލާއި، އަރާމާއި، ބާއްޖަވެެރިކަން ލިބޭނީ އީމާންކަން ވަރުގަދަކޮށް، ހަރުދަނާކޮށްގެން ކަމަށެވެ.
އަދި ގައުމުގެ ތައުލީމީ ފަލްސަފާއާއި ގައުމީ މަންހަޖު ހަރުދަނާކޮށް ޅަދަރީންގެ ހިތްތަކުގައި އީމާންކަން ހަރުދަނާ ކުރެވޭނެ ގޮތްތަކެއްގެ މައްޗަށް ބިނާކޮށް އެ މަންހަޖުތައް ތަންފީޒު ކުރުމުގެ ގޮތްތައް ކަނޑައަޅަން ޖެހޭ ކަމަށް ބުނެފައިވެއެވެ.
“އިސްލާމީ އުންމަތް ބިނާކޮށް ހަރުދަނާ ކުރުމުގައި ޒުވާނުންގެ ދަުރަކީ ވަރަށް މުހިންމު ދައުރަކަށްވީ ހިނދު ގައުމުގެ ޒުވާނުންގެ ހާކަތަކީ ކޮބާތޯ ބަލަން ޖެހެއެވެ. އެމީހުންނަށް ދެވޭ ތަރުބިއްޔަތާ ތައުލީމުގެ މިސްރާބު ހުރި ނެތް ގޮތް ވަޒަން ކުރަން ޖެހެއެވެ” ހުތުބާގައި ބުނެފައިވެއެވެ.