ޗައިނާގައި ކޮވިޑް-19އާ ގުޅުންހުރި ބައެއް ސަލާމަތީ ފިޔަވަޅުތައް އުވާލައިފި

ޗައިނާގައި ކޮވިޑް-19އާ ގުޅިގެން އަޅާފައިވާ ބައެއް ސަލާމަތީ ފިޔަވަޅުތައް އުވާލައިފިއެވެ.
އެގޮތުން ޗައިނާއިން ދީފައިވާ ލުއިތަކުގެ ތެރޭގައި 7 ދުވަހު ސަރުކާރުން ކަނޑައަޅާ ތަނެއްގައި ކަރަންޓީނުވުމުގެ ބަދަލުގައި ދުވަހާއި 3 ދުވަހުގެ މުއްދަތު އެމީހެއްގެ ގޭގައި މަޑުކުރުމަށް ބަދަލުކުރުން ހިމެނެއެވެ. އަދި ސެކަންޑަރީ ކޮންޓެކްޓުން ރިކޯޑު ކުރުންވެސް ޗައިނާއިން ހުއްޓާލައިފައެވެ.
މި ނިންމުމާއެކު، ވަރަށް ގިނަ މީހުން ކަރަންޓީންވާކަށް ނުޖެހޭނެއެވެ. މިފަދަ ނިންމުމެއް ނިންމާފައިވަނީ، ޗައިނާގެ ލީޑަރު ޝީ ޖިން ޕިންގް ޕާޓީ ލީޑަރުގެ މަޤާމަށް ތިންވަނަ ދައުރަކަށް ހޮވިވަޑައިގެންނެވިތާ މާ ގިނަ ދުވަސްތަކެއްނުވެއެވެ. އޭނާ ވަނީ ބުރާސްފަތި ދުވަހުގައި ތިންވަނަ ދައުރަށް ހޮވުުނު ފަހުގައި އޭނާގެ ފުރަތަމަ ކޮވިޑް މީޓިންގވެސް ސްޓޭންޑިންގ ކޮމިޓީއާއެކު ބާއްވަވައިފައެވެ.
ހުކުރު ދުވަހު މިކަން އިޢުލާނު ކޮށްފައި މިވަނީ މި ފަހުން އެންމެ ގިނައިން ޗައިނާގައި ކޮވިޑްގެ ކޭސްތައް ފެނިފައިވާ ދަނޑިވަޅެއްގައެވެ. މިދިޔަ ބުރާސްފަތި ދުވަހު އެކަނިވެސް ޗައިނާއިން ވަނީ 10،500 ކޮވިޑް ކޭސް ރިކޯޑުކޮށްފައެވެ.