ޚަބަރު ސިޔާސީ

އިންތިއާ ރޮޒޭގެ ޒުވާބު ހުއްޓައިލުމަށް މޫސަ އިލްތިމާސް ކުރައްވައިފި

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
އެމްޑީޕީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކު

ރައްޔިތުން މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީއާއި އައްޑޫ ސިޓީ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމްގެ މެދުގައި މިހާރު ކުރެވެމުންދާ ޒުވާބު ހުއްޓަވައިލެއްވުމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކު (ރީކޯ) އިލްތިމާސް ކުރައްވައިފިއެވެ.

Ads by Sosun Fihaara

މީގެ ދެ ދުވަހެއްވަރު ކުރިން ފެށިގެން ރޮޒައިނާއާއި އިންތިގެ މެދުގައި ދަނީ ބަހުގެ ހަމަލާތައް ބަދަލު ކުރެވެމުންނެވެ. އެކަމެއް ފެށުނީ މި ސަރުކާރުން ހިންގާ ކޮރަޕްޝަނުގެ ވާހަކައާއި އެފަދަ މައްސަލަތައް ބަލަން ސަރުކާރު ނުކުޅެދިފައިވާ ކަމަށް ވިދާޅުވެ ބަޖެޓު ބަހުސްގައި އިންތި ދެއްކެވި ވާހަކައާ ގުޅިގެންނެވެ.

ދާދިފަހުން އެމްޑީޕީއަށް އަލުން ސޮއިކުރެއްވި މޫސަ މިއަދު ކުރެއްވި ޓުވީޓެއްގައި ވަނީ ޒުވާބު ހުއްޓަވާލައްވާފައި ޙަޤީގަތާ ކުރިމަތިލެއްވުމަށް ގޮވައިލައްވާފައެވެ.

ޕާޓީތައް ފުނޑުވެ ހަލާކުވެދަނީ ތިޔަފަދަ ޒުވާބުފުޅާވެ ގޮސް ފިތުނައިން އަރައި ނުގަނެވުނީމަ. އަޅުގަނޑު ތަޖުރިބާކުރި ޙަޤީގަތަކީ ޕާޓީއާ ދުރުގައި ހުރެގެން ފާޑުކިޔަން ފަސޭހަކަން. ޕާޓީއަކީ އެކެއް ދެމީހެއްގެ މަސައްކަތެއް ނޫން‎.

ޕާޓީއާ އަލުން ގުޅިވަޑައިގަތީ ޕާޓީ އެކަތިގަނޑަކަށް ހަދަން މަސައްކަތް ކުރައްވަންކަމަށް ވިދާޅުވި މޫސަ ކުރެއްވި ޓުވީޓުގައި ވިދާޅުވެފައި ވެއެވެ.

ރޮޒައިނާއަކީ އެމްޑީޕީގެ އިސް ލީޑަރު ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ދިފާޢު ކުރައްވައި ވާހަކަ ދައްކަވާ ބޭފުޅެކެވެ. އެއާ ޚިލާފަށް އިންތިއަކީ އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދަށް ތާއީދުކުރައްވާ ބޭފުޅެކެވެ. ފަހަކަށް އައިސް އެ ދެ ފެކްޝަނަށް ނިސްބަތްވާ މެންބަރުންގެ މެދުގައި ޒުވާބުތައް ހިނގާފައިވެއެވެ.

 

Ads by Ooredoo
  1. އަދުރޭ

    ތިއަތަނުން ޕާޓީއައް ތެދުވެރިފަރާތަކީ އިންތި ރުޒޭނާއަކީ ފައްސިވާ ކޮޅަކައް އޮޑިދުއްވާ މީހެއް