ޚަބަރު ރައްޔިތުންގެ މަޖިލިސް

ޓެކްސް ބިލަށް ވޯޓަށް އެހޭގޮތް ނުވީ ރިޔާސަތުން ގަވާއިދާ ހިލާފަށް އަމަލު ކުރުމުން: އުޝާމް

ރައުފާ ރަޝީދު ، ދެން އޮންލައިން

ޖީއެސްޓީއާއި ޓީޖީއެސްޓީ ބޮޑުކުރުމަށް ޓަކައި ޓެކްސް ގާނޫނަށް ބަދަލު ގެންނަން ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލު ފާސްކުރުމާ މެދު ގޮތެއް ނިންމަން މިއަދު ނަގަން އޮތް ވޯޓަށް އެހޭގޮތް ނުވީ ރިޔާސަތުން ގަވާއިދާ ހިލާފަށް އަމަލު ކުރުމުން ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީގެ ނައިބު ރައީސް އަދި ވިލިމާލޭ ދާއިރާގެ މެންބަރު އަޙްމަދު އުޝާމް ވިދާޅުވެއްޖެއެވެ.

Ads by MWSC

ޖީއެެސްޓީ ހަ ޕަސެންޓުން އަށް ޕަސެންޓަށް އަދި ޓީޖީއެސްޓީ 12 ޕަސެންޓުން 16 ޕަސެންޓަށް ބޮޑުކުރަން މަޖިލީހަށް ހުށަހަޅައިފައިވަނީ އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއުއެވެ.

އެ ބިލު ރައްޔިތުންގެ މަޖިލީހުގެ މުޅި މަޖިލީހުން ދިރާސާކުރުމަށް ފަހު ނިންމީ އެ ބިލަށް އެއްވެސް ބަދަލެއް ނުގެެނެސް ފާސްކުރުމަށެވެ.

އެ ރިޕޯޓަށް ވޯޓަށް އަހަން، ރިޔާސަތުން ވިލުފުށި ދާއިރާގެ މެމްބަރު ހަސަަން އަފީފު ނިންމެވީ ރިޕޯޓަށް ބަހުސްކުރަން ހުުޅުއްވައި ލެއްވި ފުރުސަތުގައި އެއްވެސް މެމްބަރަކު އެކަަމަށް އެދިވަޑައިނުގެންނެވުުމުންނެވެ. އަފީފް ވިދާޅުވީ އެ ބިލަށް ވޯޓަށް އެހުމަށް ބޭނުންވާ ކޯރަމް ނެތް ކަމަށެވެ.

މިކަމާ ގުޅިގެން އުޝާމް ވިދާޅުވީ ވޯޓަށް އެހޭގޮތް ނުވީ މެންބަރުން މަދުވެގެންނެއް ނޫން ކަމަށާއި ވޯޓަށް ނޭހުނީ ރިޔާސަތުން ގަވާއިދާ ހިލާފަށް އަމަލުކުރުމުން ކަމަށެވެ. އަދި ތިންވަނަ ކިޔުން ނުއިއްވާ ކަމަށާއި ވޯޓުލާކަމަށް ވެސް އިއުލާނު ނުކުރާ ކަމަށް އުޝަމް ވިދާޅުވިއެވެ.

“އޭގެފަހުން ވޯޓުގެ ރަގަބީލުވެސް ނުޖަހާ ޖަލްސާ ނިންމާލީ. ރިޔާސަތުންވެސް މަޖިލީހުގެ ގަވާއިދަށް އަމަލުކުރަންޖެހޭނެ” އުޝާމް ވިދާޅުވިއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!