ދީން

‎މަރުވުމަށް ފަހު ތިމާގެ ހަށިގަނޑަށް ވާ ގޮތް އެނގޭހެއްޔެވެ؟

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

ކޮންމެ ނަފްސަކީ މަރުގެ ރަހަ ލިބިގަނެ ދުނިޔެއިން ނިމިދާނޭ އެއްޗެކެވެ. ކިތަންމެ އަގު ބޮޑު ގަނޑުވަރުތަކާއި ވެހިކަލްތަކުގެ އިތުރުން ފޭރާމާއި ގަހަނާ ހުއްޓަސް މި ދުނިޔެއިން ނިކުމެގެން ދާން ޖެހޭނީ ހުސްއަތާއެވެ. ގޮސް ވަންނަށް ޖެހޭނީ ބިމު އަޑީގެ ގޮޅި އަކަށެވެ. އެ ގޮޅީގައި ރައްކާތެރިކަން ލިބެން އޮތީ އެ މަންޒިލަށް ތައްޔާރުވެގެންނެވެ. އެ މަންޒިލްގައި ތިމާ ފޫހި ފިލުވައިދޭނީ ތިމާގެ ހެޔޮ ޢަމަލު ތަކެވެ. އެފަދަ އިޚްލާޞްތެރި ، ހެޔޮ ޢަމަލުތަކެއް ތިމާ ގެންދަން ނެތް ނަމަ އަވަސްވެ ގަންނާށެވެ. ކަށްވަޅުގެ އަނދިރިކަމުގައި އެކަނި މާއެކަނި އޮންނަށް ޖެހޭނެކަން ދެނެގަނެ ، ހެޔޮ ޢަމަލުތަކުން ނަފުސު ޒީނަތް ކުރާށެވެ.

Ads by STELCO

އިންސާނާ މަރުވުމުން ލެވޭ ހުދު ފޮތިގަނޑަކީ ތިމާގެ އެންމެ ފަހު ފޭރާމެވެ. ކެލާ އަތަރާއި ބޮކަރަކީ ތިމާ އެންމެ ފަހުން ލާނެ ހުވަނދެވެ. އާނއެކެވެ. މަރުވާނެ ވަގުތެއް ، މަރުވާނެ ތަނެއް ނޭނގުނު ކަމުގައި ވީ ނަމަވެސް ޔަގީންވާ ކަމަކީ މަރަކީ ކުރިމަތިލާން ޖެހޭނެ ކަމެއް ކަމެވެ. ކަށްވަޅަކީ އަޅުގަނޑުމެން އެންމެން ވެސް ދުނިޔޭގެ އަޖަލު ހަމަކޮށް ދާން އޮތް މަންޒިލް ކަމެވެ.

ތިމާ މަރުވުމުން ކަށްވަޅަށް ލެވޭ ދުވަހުން ފެށިގެން މަޑު މަޑުން ތިމާގެ ހަށިގަނޑު ދާނީ ފަނާވަމުންނެވެ. އެގޮތުން ތިމާ ވަޅުލާތާ 3 ވަނަ ދުވަހު ތިމާގެ އިނގިލި ތަކުގެ ނިޔަފަތިތައް އިނގިލިތަކާއި ވަކިވާން ފަށައެވެ. އަދި އޭގެ އަނެއް ދުވަހު، އެހެނީ 4 ވަނަ ދުވަހު ބޮލުގެ އިސްތަށިގަނޑު ހަލާކުވެ ނެތިދާން ފަށައެވެ.

ތިމާ ވަޅުލާ ހިސާބުން ފެށިގެން މަޑުމަޑުން ދާނީ ތިމާގެ ހަށިގަނޑު ފަނާ ވަމުންނެވެ. ނިކަން ވިސްނާލަ ބަލާށެވެ. ތިމާ ވަޅުލާތާ 5 ވަނަ ދުވަހު ތިމާގެ ސިކުނޑި މަޑު މަޑުން ވިރެން ފަށައެވެ. އަދި 6 ވަނަ ދުވަހުން ފެށިގެން ބަނޑު ތެރޭގައިވާ ހުރިހާ ގުނަވަންތަކެއް ވިރި، އަނގައިންނާއި، ކުރިމަތި ފަރާތް އަދި ފުރަގަސް ފަރާތުން ބޭރުވާނެއެވެ.

އަދި ހަމައެއާއެކު ތިމާ ވަޅުލެވޭތާ 60 ވަނަ ދުވަހު ތިމާގެ މަސްގަނޑު ކަށިތަކާއި ވަކިވެ ދެއެވެ. އަދި ދަންނާށެވެ. މިވަގުތުތަކުގައި ޖަނަވާރެއްވެސް ތިމާގެ ކުނިވަމުންދާ ހަށިގަނޑުގެ ވަސް ޖެހޭ ހިސާބުގައި ވެސް ހުންނާކަށް ބޭނުމެއް ނުވާނެއެވެދުވާ ކުނި ވަހުން ކެތް ނުކުރެވޭނެތީއެވެ.

ވީއިރުގައި ތިމާ ދުނިޔެމަތީގައި  އުޅޭއިރުގައި، ބޮޑާ ވަނީ ކޮންކަމަކާ ހެއްޔެވެ؟ ރުޅިވެރިކަމާއި ދަހިވެތިކަން އިންތިހާއަށް ބޮޑުވަނީ ކީއްވެގެންތޯއެވެ؟ ދަންނަވަންތޯއެވެ؟ މަރުވުމުން ދޮށްޓެއް ހަގެއް، މުއްސަންޖެއް ފަގީރެއް ނުވަތަ ކަޅެއް ދޮނެއް ނެތެވެ. ކޮންމެ އިންސާނެއް ވެސް މަރުވުމަށްފަހު ދާން އޮތީ އެއް މަންޒިލެކެވެ. ލާން އޮތީ އެއް ފޭރާމެކެވެ. ކުރެވޭނީ އެއް ސުވާލުތަކެވެ

އެހެންކަމުން ދުނިޔޭގައި އުޅޭއިރު ބޮޑާވެ ކިބުރުވެރި ނުވެ، އެކަކު އަނެކަކަށް އިޙުތިރާމް ކޮށް އިޚްލާޞް ތެރި ކަމާއެކު ހެޔޮ ޢަމަލު ކުރުން ގިނަ ކުރާށެވެ. މާތް الله އަޅަމެންނަށް ހެޔޮ ވިސްނުން ދެއްވާ އަދި ހެޔޮ މަގުގައި ސާބިތު ވުމުގެ ހެޔޮ ތައުފީޤު މިންވަރުކޮށް ދެއްވާނދޭވެ! އާމީން

Ads by Allied Insurance
  1. ނިންނި

    ޢާމީން

  2. ފާތުން

    اللهގެކުޅާަދުންވަންތަވެރިކަމުގެބޮޑުކަމާ
    ކިޔާލައިފިން
    އަދިވެސް ކިޔަންބޭނުން
    ބައެއްޕޮއިންތައްނޯޓްވެސްކުރިން
    މިކަހަލަ ޢިބުރަތުންފުރިގެންވާ ވާހަކަތައް ޝާއިއު ލުރިމަކީ ވަރަށްމުހިއްމުކަމެއް