ޚަބަރު ރައްޔިތުންގެ މަޖިލިސް

ޓެކްސް ބިލު ފާސްވީ ''ހަނި'' އަޣްލަބިއްޔަތަކުން, ބިލަށް ޢަމަލުކުރުމާމެދު ވިސްނަންޖެހޭ: ނަޝީދު

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު--

ސަރުކާރުން ހުށަހެޅި ގޮތަށް އަންނަ ޖެނުއަރީ މަހުން ފެށިގެން ޖީއެސްޓީއާއި ޓީޖީއެސްޓީ ބޮޑުކުރަން ފާސްވީ ''ހަނި'' އަޣްބިއްޔަތަކުން ކަމަށާއި ބިލަށް އަމަލުކުރުމާމެދު ސަރުކާރުން ވިސްނަންޖެހޭކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

Ads by MWSC

އަންނަ ޖެނުއަރީ މަހުން ފެށިގެން ޖީއެސްޓީ %6 އިން %8 އަށް ބޮޑު ކުރުމަށާއި ޓީޖީއެސްޓީ %8 އިން %16 އަށް ބޮޑު ކުރުމަށް ސަރުކާރުގެ ފަރާތުން ހުށަހެޅުއްވީ އިހަވަންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝިފާޢުއެވެ.

ޝިފާޢު ހުށަހެޅުއްވި ބިލު މަޖިލީހުގެ މުޅި ކޮމިޓީން ދިރާސާ ކުރުމަަށްފަހު ނިންމެވީ ބިލަށް ބަދަލެއް ނުގެނެސް ބިލު އޮތް ގޮތަށް ފާސްކުރުމަށެވެ.

މިދިޔަ ހޯމަ ދުވަހު ކޮމިޓީގެ ރިޕޯޓު މަޖިލީހުގެ ތަޅުމަށް ހުށަހެޅުއްވި ނަމަވެސް ވޯޓަށް އެހީ މިއަދުގެ ޖަލްސާގައެވެ.

ބިލު ފާސްކުރީ ވޯޓުގައި ބައިވެެރިވެވަޑައިގެންނެވި މެންބަރުންގެ ތެރެއިން 55 މެންބަރުން ވޯޓާއެކުއެވެ. ނުފެންނަކަމަށް ވޯޓު ދެއްވީ 26 މެންބަރުންނެވެ.

ޖަލްސާ ނިންމަވައިލައްވަމުން ރައީސް ނަޝީދު ވިދާޅުވީ ބިލު ފާސްވީ ''ހަނި'' އަޣްލަބިއްޔަތަކުން ކަމަށާއި މި ބާވަތުގެ ބިލުތަކަށް ޤާނޫނުއަސާސީން ވަރަށް ބޮޑު އަޣްލަބިއްޔަތެއް ލާޒިމު ކުރާ ކަމަށެވެ.

ބިލާމެދު ގިނަ މެންބަރުން ކަންބޮޑުވުން ފާޅުކުރައްވާފައިވާކަން ފާހަގަކުރައްވައި ނަޝީދު އިތުރަށް ވިދާޅުވީ ބިލަށް އަމަލުކުރުމާމެދު ސަރުކާރުން ވިސްނާނެކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

Ads by Ooredoo
  1. ބޮޑުތަކުރުފާނުހަވިއްތަ

    މިއަދު ދިވެހި ކޮނމެ ރައްޔިތަކު ވެސް ވިސްނަންވީ މިގައުމައް ގައްދާރުވި ހާއިނުން މުށުތެރެޔައް ގައުމު ދިޔައިމާ މިދަނީ މިވަގު ލާދީނީ ހާއިނުން ބޭނުން ވާގޮތައް މިގައުމައް ހަދަމުން ކަމާ ރައްޔިތަކައް ލިބިދާނެ ގެއްލުމަކައް މިހާއިނު.‘ ނުބަލާކަން