ޚަބަރު ސިޔާސީ

ރައީސް ޞާލިޙްގެ ދަތުރުފުޅުތަކުން ރާއްޖެއަށް އެތައް އެހީއެއް ލިބިއްޖެ: ޝާހިދު

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
ފޮރިން މިނިސްޓަރު ޝާހިދާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ

ވޭތުވެދިޔަ ހަތަރު އަހަރުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ބޭރު ޤައުމުތަކަށް ކުރެއްވި ދަތުރުފުޅުތަކުން އެތައް އެހީއެއް ރާއްޖެއަށް ލިބިފައިވާކަމަށް ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ރޭ ދެއްކެވި ވާހަކަފުޅުގައި ޝާހިދު ވިދާޅުވީ ވޭތުވެދިޔަ ހަތަރު އަހަރުގައި ޞާލިޙް ބޭރު ޤައުމުތަކަށް ކުރެއްވި ދަތުރުފުޅުތަކުން ރާއްޖެއަށް ހިލޭ އެހީއާއި ލުއި ލޯނާއި ލައިން އޮފް ކްރެޑިޓްގެ ގޮތުގައި 3.4 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށެވެ.

އޭގެތެރޭގައި އިންޑިއާއިން ގާތްގަނޑަކަށް 2.75 ބިލިއަން ޑޮލަރު ލިބިފަވޭ. ޖަޕާނުން 113 މިލިއަން. ޔޫއޭއީ އިން 55 މިލިއަން. ސަޢޫދީ ޢަރަބިއްޔާއިން 50 މިލިއަން. އެމެރިކާއިން 28 މިލިއަން. އެމެރިކާއިން ކުރިން ލިބެމުން އަންނަނީ އެންމެ މިލިއަނެއް. ޔޫރަޕް އިއްތިހާދުން 132 މިލިއަން ލިބިއްޖެ.

އޭގެއިތުރުން އިންޑިއާއިން ދީފައިވާ 2.75 ބިލިއަން ޑޮލަރުގެ ތެރެއިން 173.4 މިލިއަން ޑޮލަރަކީ ހިލޭ އެހީކަމަށް ޝާހިދު ވިދާޅުވިއެވެ. އަދި 16.54 މިލިއަންގެ ހައި އިމްޕެކްޓް ޑިވެލޮޕްމަންޓް އެސިސްޓެންސް ޕްރޮޖެކްޓްތަކެއް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިންޑިއާގެ ފަރާތުން ހިންގަމުންދާ ކަމަށް ވެސް ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވަނީ އިންޑިއާގެ ފަރާތުން ހިންގާ ބައެއް މަޝްރޫޢުތަކުގެ މައްޗަށް ވެސް އަލިއަޅުވައި ލައްވައިފައެވެ.

Ads by Ooredoo
  1. ބަނާނާ

    ލިބުނު އެހީ ކޮބާ؟ ބުނެދީ.