ދުނިޔެ

އެމެރިކާގެ ކަރަންސީ ވޮޗް ލިސްޓުން އިންޑިއާ އުނިކޮށްފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އެމެރިކާގެ ކަރަންސީ ވޮޗް ލިސްޓުން އިންޑިއާ އުނިކޮށްފިއެވެ.

Ads by Sosun Fihaara

ފާއިތުވި ދެ އަހަރަށްފަހު އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޓްރެޜަރީއިން ވަނީ ކަރަންސީ މޮނިޓަރިންގ ލިސްޓުން އިންޑިއާ ހިމަނާފައެވެ. މި ލިސްޓުގައި އޮންނަ ގައުމުތަކުގެ ކަރަންސީ ޕްރެކްޓިސްތަކާއި މެކްރޮއިކޮނޮމިކް ސިޔާސަތުތަކަށް ވަރަށް ބޮޑު ސަމާލުކަމެއް އެމެރިކާއިން ދެއެވެ.

އިންޑިއާގެ އިތުރުން އިޓަލީ، މެކްސިކޯ، ތައިލެންޑް އަދި ވިއެޓްނާމް ވެސް ވަނީ މި ލިސްޓުން އުނިކޮށްފައެވެ.

އެމެރިކާގެ ކޮންގްރެސްއަށް އެގައުމުގެ ޑިޕާޓްމަންޓް އޮފް ޓްރެޜަރީއިން ފޮނުވި ބައިއެނުއަލް ރިޕޯޓުގައި ބުނެފައިވަނީ ޗައިނާ، ޖަޕާން، ކޮރެއާ، ޖަރުމަނު، މެލޭޝިއާ، ސިންގަޕޫރު އަދި ޓައިވާނަކީ މިހާރު މޮނިޓަރިން ލިސްޓުގައި ހިމެނޭ ހަތް އިގްތިސާދު ކަމަށެވެ. އަދި އިތުރު ޤައުމެއް އެއްކޮށްފައި ނުވާ ކަމަށް ބުނެފައިވެއެވެ.

އެމެރިކާގެ ކަރަންސީ މޮނިޓަރިން ލިސްޓުގައި ހިމެނިއްޖެ ނަމަ، ގައުމަކީ "ކަރަންސީ މެނިޕިއުލޭޓަރެއް" ކަމަށް އެ ޤައުމުން ބަލަައެވެ. ކަރަންސީ މެނިޕިއުލޭޓަރަކީ ވިޔަފާރީގެ އެޑްވާންޓޭޖަކަށް ޓަކައި "ބޭއިންސާފު ކަރަންސީ ޕްރެކްޓިސް" ކުރާ ގައުމުތަކަށް އެމެރިކާގެ ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން ބަލާ ޤައުމުތަކެވެ.

މިކަމާ ގުޅިގެން އިންޑިއާއިން ބުނެފައިވަނީ، މިއީ މާކެޓްގެ ނަޒަރަކުން ބަލާއިރު ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށާއި މިއީ ދުނިޔޭގެ ކުރިއެރުމުގައި އިންޑިއާގެ ދައުރު އިތުރުވަމުންދާ މިންވަރު ވެސް ރަމްޒުކޮށްދޭ ކަމެއް ކަމަށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!