އެޑްވަޓޯރިއަލް ވިޔަފާރި

އުރީދޫ ވޯލްޑްކަޕް ޕްރޮމޯޝަންތައް ފެށިއްޖެ، ރިސޯޓް ދަތުރާއި ޕީއެސް5 ހޯދުމުގެ ފުރުސަތު

ރައުފާ ރަޝީދު ، ދެން އޮންލައިން

އުރީދޫ މޯލްޑިވްސް އިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ މުޖުތަމައުތަކަށް މަޖާ އަދި ކުލަގަދަ ތަޖުރިބާއެއް ހޯދައިދިނުމުގެ މަގްސަދުގައި ތަފާތު އޮފާތަކާއި ޕްރޮމޯޝަންތަކެއް ތައާރަފްކޮށްފިއެވެ.

Ads by STELCO

މި އޮފާތައް އިއުލާންކޮށްފައިވަނީ މީޑިއާނެޓާއެކު މެންހަޓަން ބިޒްނަސް ހޮޓެލްގައި ބޭއްވުނު ޕްރެސް ކޮންފަރެންސެއްގައެވެ.

އުރީދޫ ފުޓްބޯލް ފޯރީ ކެމްޕެއިން ޕޯޓްފޯލިއޯގައި ހިމެނެނީ:

ވޯލްޑް ކަޕް ޕެކް

ވޯލްޑް ކަޕް ޕެކް އެކްޓިވޭޓް ކޮށްލުމުން މީޑިއާނެޓް އެޕް މެދުވެރިކޮށް މެޗްތައް ބަލާލުމަށް100 ޖީބީ ޑޭޓާ އާއި މީޑިއާނެޓް މަލްޓި ސްކްރީން އެޕްލިކޭޝަނަށް 30 ދުވަހުގެ ސަބްސްކްރިޕްޝަން އެންމެ 250ރ އަށް ލިބިވަޑައިގަންނަވާނެއެވެ.

އުރީދޫ މޮބައިލް އަދި ސުޕަރނެޓް ކަސްޓަމަރުންނަށް ހާއްސަ މި ޕެކް އެކްޓިވޭޓްކޮށްލެއްވުމުން ފޯނަށް ލިބިވަޑައިގަންނަވާ ކޯޑް އެމް އެސް އެޕްގައި ޖެއްސެވުމުން މޮބައިލް އަދި ސުޕަރނެޓް ވައިފައި މެދުވެރިކޮށް ފޯނު އަދި ޓެބްލެޓް ތަކުގައި މެޗްތައް ފަސޭހަކަމާއެކު ބައްލަވާލެވޭނެއެވެ.

ޤަތަރު ރޯމިންގް ޕެކް

ވޯލްޑް ކަޕްގެ ފޯރީގައި ބައިވެރިވަޑައިގަންނަވަން ނުވަތަ ވޯލްޑް ކަޕް ގެ ދުވަސްވަރުގައި ޤަތަރަށް ވަޑައިގަންނަވާ ބޭފުޅުންނަށް ޙާއްސަ ރޯމިންގް ޕެކް އެކްޓިވޭޓް ކޮށްލުމުންއެންމެ 1000ރ 1ޓީބީ ޑޭޓާ އުރީދޫ ޤަތަރުގެ 4ޖީ އަދި 5ޖި ނެޓްވޯކްގައި ބޭނުންކޮށްލެވޭނެއެވެ. މިއީ ޤަތަރުގެ ޑޭޓާ ޕެކްތަކާ އަޅާ ބަލާއިރު ކަސްޓަމަރުންނަށް އެންމެ ހެޔޮ އަގުގައި ލިބިވަޑައިގަންނަވާނެ ޑޭޓާ ޕެކެވެ.

ގޯލާރ އެޕް މެދުވެރިކޮށް ސްކޯ ދިމާކޮށްގެން އަގުހުރި އިނާމްތައް

ދިވެހި އުފެއްދުމެއް ކަމަށްވާ ގޯލާރ ސްކޯ ދިމާކުރާ އެޕް މެދުވެރިކޮށް އުރީދޫ ފުޓްބޯލް ފޮރި ލީގުގައި ބައިވެރިވެ ވޯލްޑް ކަޕްގެ މެޗްތަކުގެ ސްކޯ ދިމާކޮށްގެން ވަރަށް ޙާއްސް އިނާމް ތަކެއް ހޯދުމުގެ ފުރުސަތުވެސްވެސް ވޯލްޑް ކަޕްގެ މެޗްތައް ފެށުމާއެކު ހުޅުވިގެން ދާނެއެވެ. ލީގުގައި މުޅިން ހިލޭ ބައިވެރިވެވޭއިރު ސްކޯ ގެސް ކުރާ ކޮންމެ ފަހަރަކު 1ރ ޗާރޖްކުރެވޭނެއެވެ.

ލީގު ނިމުމުން އެންމެ މަތިން ޕޮއިންޓް ހޯދައިފާއިވާ 7 ފަރަތާކަށް އިނާމު ތަކުގެ ތެރޭގައިސީ ގިއަރ އަދި ކްރޮސްރޯޑް އިން ވަރަށް ހާއްސް އަގުހުރި އިނާމުތަކެއް ވަނީ ހަމަޖެހިފައެވެ.

އުރީދޫ ނޭޝަން ފީފާ ޓޯނަމެންޓް

އަގުހުރި އިނާމުތަކާއެކު މި ވޯލްޑް ކަޕްގެ ފޯރިއާއި ގުޅުވައިގެން ރާއްޖޭގެ 4 ސިޓީ ހިމެނޭހެން އުރީދޫ ނޭޝަން ފީފާ ޓޯނަމެންޓް އެއް ބޭއްވުމަށް ވަނީ ހަމަ ޖެހިފައެވެ. މުބާރާތުގައި ވާދަކޮށްގެން 1 ވަނަ އަށް ހޮވޭ ފަރާތަށް ވެސް އަގުހުރި އިނާމުތަކެއް ވަނީ ހަމަޖެހިފައެވެ.

3 ޑިސެމްބަރު 2022 ގައި ފެށުމަށް ހަމަ ޖެހިފައިވާ މި ޓޯނަމެންޓް ކުރިއަށްދާނީ:

މާލެ ސިޓީ ގައި ހުން  ވީއާރް ކެފޭ ،
ކުޅުދުފުށި ސިޓީ ގައި ހުންނަ ބައި ކަޅު ކެފޭ
ފުވައްމުލައް ސިޓީ ގެ ފުވައްމުލައް ސްޓޭޑިއަމް  
އައްޑޫ ސިޓީ ގައި ހުންނަ އިރީދޫ ޝޮޕް

މި މުބާރުތަގައި ބައިވެރިވުމުގެ ފުރުސަތު އުރީދޫ ނޭޝަން ވެބްސައިޓް އަދި ސޯޝަލް މީޑިއާގައި އިއުލާނު ކުރެވިގެންދާނެއެވެ.

ފޭން ޒޯން

އޮފަރތަކާއި ޓޯނަމެންޓްތަކުގެ އިތުރުނ މީޑިއާނެޓް އާއި އަދި ކައުންސިލްތަކާއި އެހެނިހެން ޕަރޓްނަރުންނާއި ގުޅިގެން ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައިވެސް އުރީދޫން ވަނީ ފޭން ޒޯން ތަކެއް ތައްޔާރުކޮށްފައެވެ. އާއިލާ އާއި ރައްޓެހިންނާ އެކު ނުވަތު ޓީމުތަކުގެ ސަޕޯޓަރުން އެއްވެލައިގެން މެޗްތައް ފޮރީގައި ބަލާލުމުގެ ފުރުސަތު މި ފޭންޒޯންތަކުން ކަސްޓަމަރުންނަށް ފަހި ވެގެންދާނެއެވެ.

އުރީދޫ މޯލްޑިވްސްގެ ތަސައްވުރާ އެއްގޮތްވާ ގޮތުގެ މަތިން އުރީދޫއިން އަބަދުވެސް މަސައްކަތްކުރަމުން ދަނީ މުޖުތަމައުގެ ދިރިއުޅުން މުއްސަނދިކޮށް އިތުރު ފުރުސަތުތަކާއި ތަޖުރިބާ ފަހި ކޮށްދިނުމަށެވެ. ފީފާ ވޯލްޑް ކަޕް ގަތަރު 2022 އަކީ އުފާވެރި އަދި ފޯރި ގަދަ ފުޓްބޯޅަ ފެސްޓިވަލަކަށް އުރީދޫ މޯލްޑިވްސް އިން ހުރިހާ ފަރާތްތަކަށް އެދެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!