ޚަބަރު ސަރުކާރު

ސަރުކާރުން ދަނީ އެއްވެސް ރައްޔިތަކު ތަފާތުކުރުމެއް ނެތި ހަމަހަމަ ކަމާއެކު ހިދުމަތް ފޯރުކޮށްދެމުން: މިއުވާން

ރައުފާ ރަޝީދު ، ދެން އޮންލައިން

ނިމިގެން ދިޔަ 4 އަހަރަކީ ހަމަހަމަކަމާއެކު ވެރިކަން ކުރި 4 އަހަރު ކަމަށާއި ސަރުކާރުން ދަނީ އެއްވެސް ރައްޔިތަކު ތަފާތުކުރުމެއް ނެތި ހަމަހަމަ ކަމާއެކު ހިދުމަތް ފޯރުކޮށްދެމުން ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

ރައީސުލްޖުމްހޫިއްޔާ އިބްރާހިމް މުހައްމަދު ޞާލިހްގެ ސަރުކާރަށް 4 އަހަރު ފުރުމާއި ގުޅިގެން ބޭއްވު ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިއުވާން ވިދާޅުވީ ރިޔާސީ ވައުދުތަކުގެ ތެރެއިން ބައެއް ވައުދުތައް މިހާރު ފުއްދިފައިވާ ކަމަށެވެ.

އަދި ރިޔާސީ އިންތިހާބުގައި ރައީސް ⁦‪ޞާލިޙް‬⁩ ވެވަޑައިގެންނެވި ވައުދުތަކުގެ ތެރެއިން، މެނިފެސްޓޯގައި ހިމެނޭ ކަންތައްތަކުގެ ތެރެއިން 95 އިންސައްތަ ވައުދުތަކާ ގުޅޭ މަސައްކަތް އެކި ސްޓޭޖުތަކުގައި މިހާރު ކުރިއަށްދާ ކަމަށާއި ގިނަ މަސައްކަތްތައް މިހާރު ނިމިފައިވާ ކަމަށް މިއުވާން ވިދާޅުވިއެވެ.

މީގެ އިތުރުން މިއުވާން ވިދާޅުވީ ރިޔާސީ އިންތިޚާބުގައި، ވޯޓު ދިން އިރު ރައްޔިތުން އިޚްތިޔާރުކުރެއްވި ގޮތަށް ހުރިހާ ރައްޔިތުންގެ އުއްމީދުތައް ހާސިލުކޮށްދިނުމުގައި އެއްވެސް ރައްޔިތަކު ތަފާތުކުރުމެއްނެތި ޚިދުމަތްކުރެއްވުމުގައި ދެމިހުންނަވާނެ ކަމުގެ ޔަޤީންކަށް ރައީސުލް ޖުމްހޫރިއްޔާ ދެއްވިކަމަށެވެ.

“ސިޔާސީ ކުލަޔަކަށް، ރަށުގެ ސައިޒަށް އާބާދީއަށް، ސަރަހައްދަށް ނުބަލައި، ތަރައްޤީއަކީ ހުރިހާ ރައްޔިތުންނަށް ހަމަހަމަކަމާއެކު ފޯރުކޮށްދެވޭ އެއްޗަކަށް ވެގެން ހިނގައްޖެ" މިއުވާން ވިދާޅުވިއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!