ޚަބަރު ސަރުކާރު

އިންތިޤާލީ އިންސާފުގެ އޮފީހުގެ މުއްދަތު އިތުރުކޮށްފި

ރައުފާ ރަޝީދު ، ދެން އޮންލައިން
President of Maldives
ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް

އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުގެ މުއްދަތު އިތުރުކޮށްފިއެވެ.

Ads by STELCO

މި އޮފީހުގެ މުއްދަތު އިތުރުކުރުމަށް ނިންމާފައިވަނީ "އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީސް" ގެ މަސައްކަތްތަކަށް ކަނޑައަޅުއްވާފައިވާ 2 އަހަރު ދުވަހުގެ މުއްދަތު 17 ޑިސެންބަރު 2022ގެ ނިޔަލަށް ހަމަވާއިރު، އެ އޮފީހުން ތަޙުޤީޤުކުރައްވަމުން ގެންދަވާ ބައެއް މައްސަލަތައް ފުރިހަމަކުރެއްވުމަށްޓަކައި މިމުއްދަތު އިތުރުކޮށްދެއްވުން އެދި އޮމްބަޑްސްޕަރސަނުން އެދިލައްވާފައިވާތީއެވެ.

އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުގެ މުއްދަތު އިތުރުކޮށްފައިވަނީ އަންނަ އަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހާހަމައަށެވެ. ކުރިން އޮތްގޮތުންނަމަ މިއޮފީހުގު މުއްދަތު މިއަހަރުގެ ޑިސެމްބަރު މަހުގެ 17 ވަނަ ދުވަހަށް ހަމަވާނެއެވެ.

އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީސް އެކުލެވިގެންވާ ގޮތް:

1. އަލްއުސްތާޛު ޢަބްދުއްސަލާމް ޢާރިފް، އީޓުޖެހިގެ/ ނ. މާފަރު (ޗީފް އޮމްބަޑްސްޕަރސަން)
2. އަލްއުސްތާޛާ ޖިހާދާ އަނީސް، ބްލޫރޯޒް/ ގއ. ކަނޑުހުޅުދޫ (އޮމްބަޑްސްފަރސަން)
3. އަލްއުސްތާޛު މުޞްޠަފާ ޙަމީދު، ކަނީރުމާގެ/ރ.އަނގޮޅިތީމު (އޮމްބަޑްސްފަރސަން)

އިންތިޤާލީ އިންސާފުގެ އޮފީހަކީ 1953 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރުގެ ނޮވެމްބަރުމަހުގެ 17 އާ ދެމެދު ހިނގައިދިޔަ މުއްދަތުގެ ތެރޭގައި ނިޒާމީ ސިފައެއްގައި ރޭވިގެން ދަޢުލަތުގެ މުއައްސަސާއަކުން ނުވަތަ އެއިން ތަނެއްގެ އިސް ހިންގުންތެރިއަކު ރައްޔިތުންގެ އިންސާނީ ޙައްޤުތަކާއި، އަސާސީ މިނިވަންކަމާއި ޚިލާފަށް ހިންގާފައިވާ ޢަމަލުތައް ބަލައި އެ ފަދަ ޢަމަލުތަކަށް އިންސާފު ހޯދައިދިނުމަށް އުފެއްދި އޮފީހެކެވެ.

  1. محمد يوسف

    މި އޮފީހުން އެއްވެސްމިންވަރަކަށް ހުށަހަޅާފައިވާ އެންމެ މަސްއަލައަކަށްވެސް އިންސާފު ލިބުމަކީ ވެދާނެކަމެއްކަމަކަށް ޤަބޫލެއް ނުކުރެވެ

  2. ޓެކުސް ބޮޑު ކޮށްގެން ކޮންމެސް ކަމެއް ކުރަން ޖެހޭނެ، ޓެކުސް ފައިސާ ބަޔަކަށް ހަރަދުވެސް ކުރަންޖެހޭނެ، ހޯދަން އުޅޭ އެއްޗަކަށް ވުރެން ބޮޑު އެއްޗެއް މިހާރުވެސް ހަރަދުވެއްޖެ !