2050 ވަނަ އަހަރު އިންޑިއާއަކީ ދުނިޔޭގެ ދެވަނައަށް އެންމެ ބޮޑު އިޤްތިޞާދަކަށް ވާނެ: އަދާނީ
 
                                                    2050 ވަނަ އަހަރު އިންޑިއާއަކީ ދުނިޔޭގެ ދެވަނައަށް އެންމެ ބޮޑު އިޤްތިޞާދަކަށް ވާނެ ކަމަށް އިންޑިއާގެ ބިލިޔަނަރު ގޯތަމް އަދާނީ ވިދާޅުވެއްޖެއެވެ.
އޭޝިއާގެ އެންމެ މުއްސަނދި މީހާ ގޯތަމް އަދާނީ، ވިދާޅުވީ ޓްރިލިއަން ޑޮލަރުގެ އިގްތިސާދަކަށް ވުމަށް 58 އަހަރު ހޭދަވި އިންޑިއާ، 2050 ވަނަ އަހަރު އަންނައިރު ދުނިޔޭގެ ދެވަނައަށް އެންމެ ބޮޑު އިގްތިސާދަށް ވާނެ ކަމަށެވެ.
މުމްބާއީގައި މިހާރު ކުރިއަށްދާ 21 ވަނަ ވޯލްޑް ކޮންގްރެސް އޮފް އެކައުންޓެންޓްސްގައި ވާހަކަފުޅު ދައްކަވަމުން އޭނާ ވިދާޅުވީ، މިހާރު ކަން ހިނގަމުން އަންނަނީ ހީކުރި ގޮތާ ޚިލާފަށް ކަމަށެވެ. އަދި ދުނިޔޭގެ އިޤްތިޞާދު މިގޮތަށް ކުރިޔަށް ގޮސްފިނަމަ އިންޑިއާގެ އިޤްތިޞާދު ވަރަށް އަވަހަށް ކުރި އަރައިގެންދާނެ ކަމަށް ވިދާޅުވިއެވެ.
އަދާނީ ވަނީ ރަޝީޔާގެ ހަނގުރާމައާއި ހުޅަނގުން ޗައިނާއަށް ކުރަމުންދާ ޕްރެޝަރގެ ސަބަބުން އިންޑިއާއަށް ފައިދާ ކުރާނެ ކަމަށް ވިދާޅުވެފައެވެ. އަދި ފުރުސަތުގެ ބޭނުުން އިންޑިއާއިން ހިފާނެ ކަމުގެ ފުރިހަަމަ ޔަޤީންކަން އޮތް ކަމަށް ވިދާޅުވިއެވެ.
 
  
 
 
            
                     
            
                     
            
                     
            
                    
 
		
 
		
 
		
 
		
 
		
സ്വാഗതം ഗോതം അദാനി, അഭിനന്ദനങ്ങൾ