ލައިފްސްޓައިލް ސިއްޙަތު

ފުރަތަމަ ފެށީ ހުން އަންނަން: ބޮޑުކަމުދާ ނިޒާމުގެ ކެންސަރުގެ އަލާމާތްތައް

މަރްޔަމް އަޙްމަދު ، ދެން އޮންލައިން

ކެންސަރަކީ އެންމެ ނުރައްކާތެރި ބަލިތަކުގެ ތެރެއިން ބައްޔެއް ކަމުގައި ވިޔަސް މި ބަލީގެ އެންމެ ފުރަތަމަ އަލާމާތްތައް ފެންނަނީ ވަރަށް ކުޑަކޮށެވެ. އެހެންކަމުން  މި އަލާމަތްތަކަކީ އާދައިގެ ބައްޔެއްގެ ސަބަބުން ވާ ކަމެއްކަމަށް ހީކޮށް މާ ބޮޑު އަޅައިލުމެއް ނުދެވެއެވެ.

Ads by STELCO

43 އަހަރުގެ މައިކަލް މިލާއަކީ މިފަދަ ގޮތަކަށް ކަންތައް ދިމާވި މީހެކެވެ.

އޭނާ ބުނާގޮތުގައި އެންމެ ފުރަތަމަ އޭނާއަށް ފެންނަން ފެށި އަލާމާތްތަކަކީ ހުން އައިސް ގައިން ހީކެރުވުމެވެ. ނަމަވެސް އާދައިގެ ހުމެއް ކަމަށް ހީކޮށް އޭނާ މިކަމަށް އަޅާނުލީއެވެ. ދެން ފެށީ އޭނާގެ މައިބަދައިގައި ރިއްސާށެވެ. އެހެންވެ އޭނާ އެކަމަށް ފަރުވާ ހޯދުމުން ފުރަތަމަ އެ ތަދު ކެނޑުނެވެ. އޭގެ ހަފުތާއެއްވަރު ފަހުން އޭނާގެ މައިބަދައަށް ވީ ތަދުގެ ބޮޑުކަމުން އޭނާ ހޭނެތިގެން ގޭގެތެރެއަށް ވެއްޓުނީއެވެ.

ހޮސްޕިޓަލަށް ދިޔުމުން އޭނާގެ ސްޕައިނަލް ކޯޑުގައި ސެޕްސިސް ހުރިކަމަށް ބުނުމުން ފެށީ އެކަމަށް ފަރުވާ ހޯދާށެވެ. ސްޕައިންލް ސާޖަރީއަށް ފަހުގައި އޭނާގެ ގައިން އެއްކޮށް ވާގި ނެތުނުކަމަށް މިލާ ކިޔާދިނެވެ.

އެންޑޯސްކޮޕީއަކާއި ސީޓީ އިވެލުއޭޝަންއެއް ހެދުމުން އޭނާގެ މައިބަދައިގައި ހުރި އިންފެކްޝަންއަކީ ބޮޑުކަމުދާ ނިޒާމުގެ ކެންސަރުކަން އެނގުނެވެ.

އަދި އޭރު އޭނާގެ ގައިގައި ހުރީ ސްޓޭޖް 4 ގެ ކެންސަރުކަން ވެސް އެނގުނެވެ.

ދެން އޭނާ ޖެހުނީ ކޮލޯސްޓޮމީ ހަދާށެވެ. މި ޕްރޮސީޖަރު ހެދުމުން ބޮޑުކަމުދާ ގޮތައް އެބްޑޮމަންގައި ސާޖަރީކޮށް ހަދައެވެ. މި ސާޖަރީއިން އޭނާ ރަނގަޅު ވުމުން ދެން ޑޮކްޓަރުން ފެށީ އޭނާއަށް ކީމޯ ތެރަޕީ ދޭށެވެ. އެގޮތުން ކީމޯ ތެރަޕީގެ 6 ސައިކަލް އޭނާ ފުރިހަމަ ކުރިއެވެ.

އޭނާގެ ބަލި ދެނެގަނެވުނުތާ 11 މަސް ވީއިރު އޭނާ ވަނީ ކެންސަރު ބަލިން އެއްކޮށް ރަނގަޅުވެފައެވެ. އަދި ކެންސަރު އަނބުރާ އަންނަ ކަމުގެ އެއްވެސް އަލާމާތެއްވެސް އޭނާ ކިބައިން ނުފެނެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!