ޚަބަރު އިޖުތިމާޢީ

ރާއްޖޭގެ ސަރަހައްދުން ބޭރުގެ މަސް ބޯޓެއް އަތުލައިގެންފި

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
އެމްއެންޑީއެފުން ކުރިން އަތުލައިގަތް ބޯޓެއް—

ރާއްޖޭގެ އިޤްތިޞާދީ ކަނޑުގެ ސަރަޙައްދުގައި މަސްވެރިކަން ކުރަމުންދިޔަ ބޭރުގެ މަސް ބޯޓެއް އަތުލައިގެންފިއެވެ.

Ads by STELCO

އެމްއެންޑީއެފުން ރޭ ވިދާޅުވީ ކ.ދިއްފުށީގެ އިރުން 35 ނޯޓިކަލް މޭލު ބޭރުން ރާއްޖެއިން ބޭރުގެ މަސްބޯޓެއް ހަރަކާތްތެރިވަމުންދާ ކަމުގެ މަޢުލޫމާތު ރިޕޯޓުކުރީ "އަސަރީ" ނަމަކަށް ކިޔާ ދޯންޏަކުން ކަމަށެވެ.

އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންގެ "އެފްއައިސީ ހަކުރާ" އެ ސަރަހައްދަށް ގޮސް، އެ މަސްބޯޓު ހޯދުމަށްފަހު ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފައެވެ.

އެމްއެންޑީއެފުން އިއްޔެ ވަނީ އެ މަސްބޯޓު މާލެ ގެންދިއުމުގެ މަސައްކަތް ފަށްޓަވައިފައެވެ.

އެމްއެންޑީއެފުން ވަނީ "އަސަރީ" ދޯނީގެ ކެޕްޓަނާއި ފަޅުވެރީން އެ ބޯޓު ހޯދުމަށް ދެއްވެވި އެހީތެރިކަމަށާއި ދިވެހި މަސްވެރީންގެ ފަރާތުން އެމްއެންޑީއެފް ކޯސްޓްގާޑަށް ދެއްވާ އެހީތެރިކަމާއި އެއްބާރުލެއްވުމަށް ޝުކުރު އަދާކުރައްވައިފައެވެ.

 

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!