ކަމަދޫ އިން ދިވެއްސަކު ކޮވިޑަށް ފައްސި ވެއްޖެ
ބ. ކަމަދޫ ހޯމް ކަރަންޓީނުގައި ހުރި ދިވެއްސަކު ކޮވިޑް-19 އަށް ފައްސިވެއްޖެ އެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު(އެޗްއީއޯސީ)ން ބުނީ ކަމަދޫއިން ފައްސި ވެފައިވަނީ އުމުރުން 38 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި އޭނާ ފައްސިވިކަން އެނގުނީ ހޯމް ކަރަންޓީނަށްފަހު އިއްޔެ ހެދި ޓެސްޓުންނެވެ.
ހޯމް ކަރަންޓީނުގައި 14 ދުވަސް ވަންދެން ތިބެންޖެހޭއިރު، ކަރަންޓީނުން ދޫކޮށްލަނީ އެ މުއްދަތު ހަމަވުމުން ހަދާ ޓެސްޓުން އެ ބައްޔަށް އެމީހާ ނައްސި ވުމުންނެވެ.
ކަމަދޫ އިން މީހަކު ފައްސިވެފައިވާއިރު އައްޑޫ ސިޓީ ހިތަދޫގައި މަސައްކަތް ކުރަމުން ދިޔަ ބިދޭސީއަކު ވެސް މިއަދު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ.
މީގެ އިތުރުން ރޭ އައްޑޫ ސިޓީގެ ފޭދޫއިން ފުލުހަކު ވެސް ވަނީ ކޮވިޑަށް ފައްސިވެފަ އެވެ.
Ads by HDC