ރާއްޖެ އެތެރެ ކުރި ތިން ލައްކަ ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފި

ކުރިއަރ މެދުވެރިކޮށަ ރާއްޖެ އެތެރެކުރި 459 ގްރާމްގެ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސްއިން އަތުލައިގެންފިއެވެ.
ކަސްޓަމުން ބުނީ މި ތަކެތި އަތުލާފައި ވަނީ މިމަހުގެ 10 ވަނަ ދުވަހު، ޕޯސްޓް މެދުވެރިކޮށް އެމެރިކާއިން ރާއްޖެ ގެނެސްފައިވާ ޕާރުސަލެއް ތެރޭގައި މަސްތުވާތަކެތި ހުރިކަމަށް ޝައްކު ކުރެވިގެން ބަލައި ފާސްކުރުމުގެ ތެރޭގައި ކަމަށެވެ.
އަތުލައިގަތް މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ ބާވަތް ކެނަބިސް، ހަރބަލް އަށް ޕޮޒިޓިވް ވެފައިވާ ކަމަށް ކަސްޓަމްސް އިން ބުނެއެވެ. މިތަކެތީގެ މަގުމަތީގެ އަގު 367،000 ރުފިޔާއަށް އަރައެވެ.
މިއީ މިއަހަރުގެ ތެރޭގައި ކެނެބިސް ރާއްޖެ އެތެރެކުރަން އުޅެނިކޮށް އަތުލި ފަސް ވަނަ ފަހަރު ކަމަށާއި މިއަހަރުގެ މިހާތަނަށް ޖުމުލަ 19 ކިލޯއަށްވުރެ، ގިނަ ކެނެބިސް އަތުލާފައިވާ ކަމަށް ކަސްޓަމްސްގެ ތަފާސްހިސާބުން ދައްކައެވެ.