Thursday, 29 October 2026
Advertisement
Ooredoo — Airfibre (leaderboard)
ދުނިޔެ

އިންޑޮނީޝިއާ ބިންހެލުން: އިމާރާތެއްގެ ދަށުވި ހަ އަހަރުގެ ކުއްޖަކު ސަލާމަތް ކޮށްފި

އިންޑޮނީޝިއާ ބިންހެލުން: އިމާރާތެއްގެ ދަށުވި ހަ އަހަރުގެ ކުއްޖަކު ސަލާމަތް ކޮށްފި
އިންޑޮނީޝިއާގެ އަވަށަކަށް އައި ބިންހެލުމެއްގައި، އިމާރާތެއްގެ ދަށުގައި ތާށިވި ކުޑަ ފިރިހެން ކުއްޖަކު ސަލާމަތް ކޮށްފިއެވެ. އިންޑޮނީޝިއާގެ ސިއަންޖިރް އަވަށަށް އަންގާރަ ދުވަހު އައި ބިންހެލުމާއެކު، އުމުރުން ހަ އަހަރުގެ އަޒްކާ މައުލާނާ މާލިކް ވަނީ އޭނާ ދިރިއުޅެމުން ދިޔަ އިމާރާތުގެ ދަށުވެފައެވެ. ދެ ދުވަސް ފަހުން އޭނާ ސަލާމަތް ކުރިއިރު ފެނުނީ ގޮދަޑިއެއްގެ ދަށުވެފައި ވަނިކޮށެވެ. އިމާރާތް ބޮލަށް ވެއްޓުނުއިރުވެސް، އަޒްކާ ސަލާމަތްވީ އެ ގޮދަޑީގެ ދަށު ވުމުންނެވެ. އޭނާ އޮތީ، މަރުވެފައި އޮތް މާމަގެ ހަށިގަނޑު ކައިރީގައެވެ. އަޒްކާގެ ހަށިގަނޑުގައި އެއްވެސް ޒަހަމެއް ނެތްއިރު، ސަލާމަތް ކުރި ވަގުތުގައި އޭނާ ވަރުބަލިކޮށް ފެނުނީ ވަަރަށް ބޮޑަށް ބަނޑުހައިވެފައި ހުރުމުން ކަމަށް އޭނާ ބެލި ޑޮކްޓަރުން ބުނެއެވެ. ބިންހެލުމާ ގުޅިގެން އަޒްކާ ސަލާމަތްވި ނަަމަވެސް އޭނާގެ މަންމަ ވަނީ މަރުވެފައެވެ.
"އެ ކުއްޖާ ބޭނުންވަނީ ގެއަށް ދާން. ކޮންމެ ރެއަކު ނިދަންވީމަ އަހަނީ މަންމަ ކޮބައިތޯ." އަޒްކާގެ ތިމާގެ މީހަކު ބުންޏެވެ.
އިންޑޮނީޝިއާގެ ޖާވާއަށް 5.6 މެގްނިޓިއުޑްގެ ބާރު މިނުގައި އައި ބިންހެލުމާ ގުޅިގެން 271 މީހަކު މަރުވިއެވެ. މިފަހަރު އައި ބިންހެލުމަކީ 2018 ވަނަ އަހަރުގައި ސިއަންޖުރް އަވަށަށް އައި ބިންހެލުމަށްފަހުގައި، އެ އަވަށަށް އައި އެންމެ ބާރުގަދަ ބިންހެލުން ކަމަށް ރިޕޯޓްތައް ބުނެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް