Saturday, 7 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ފޭނުން ބުނަނީ ޖަރުމަނަށް ބަލިވުން ހައްޤު ކަމަށް

ފޭނުން ބުނަނީ ޖަރުމަނަށް ބަލިވުން ހައްޤު ކަމަށް
ޤަތަރުގެ ވެރިރަށް ދޯހާގައި ފަށައިގެން ކުރިއަށްދާ ދުނިޔޭގެ ތައްޓަށް ކުޅޭ ފުޓްބޯޅަ މުބާރާތުގައި، އިއްޔެ ފެނިގެން ދިޔަ އެއް މަންޒަރަކީ، އެއްޖިންސުން ގުޅުން ހިންގާ މީހުންނާއި އިންސާނީ ހައްޤުތަކުގެ ދިފާޢުގައި ކަމަށް ބުނެ، ޖަރުމަނުވިލާތުގެ ޓީމުން ޕްރީ-މެޗު ފޮޓޯއަށް ހުއްޓިގެން ތިބިއިރު، އަނގަމަތީގައި އަތް އަޅައިގެން ތިބި މަންޒަރެވެ. މި ހިމޭން އިޙްތިޖާޖެއް، 2014 ވަނަ އަހަރުގެ ވާލްޑް ކަޕު ތަށި ނެގި ޖަރުމަނު ޓީމުން ކުރީ އެއްޖިންސުން ގުޅުން ހިންގުން ޕްރޮމޯޓު ކުރަން ހެދި ބޭންޑެއް އަތުގައި އެޅުން ފީފާއިން މަނާ ކުރުމުންނެވެ. އިއްޔެގެ މެޗުން ފުޓްބޯޅައިގައި އާރެއް ބާރެއް ނެތް ޖަޕާނު އަތުން ޖަރުމަނު ބަލިވީ 2-1ގެ ނަތީޖާއިންނެވެ. މި ނަތީޖާއަށްފަހުގައި، މީސްމީޑިއާގައި ގިނަ ބަޔަކު ދަނީ މީމްސްތައް ހަދައި، ޖަރުމަނަށް ފާޑު ކިޔަމުންނެެވެ. އެގޮތުން ފާޑުކިޔުން އަމާޒު ކުރި ބައެއް މީހުން ބުނެފައިވަނީ ޖަރުމަނުން އިއްޔެ ދަނޑަށް ދިޔައީ ފުޓްބޯޅަ ކުޅެން ނޫން ކަމަށާއި، އަމިއްލަ އެޖެންޑާއެއް ހާސިލު ކުރުމަށް ކަމަށެވެ. https://twitter.com/ReimannVishesh/status/1595545227892236294
"ރެއިންބޯ އަތު ބޭންޑާ ސިޔާސީ ކަންކަމާހުރެ މޮޔަވީމަ، ޖަރުމަނަށް ތިޔަ ބަލި ހައްޤު." މީސްމީޑިއާއި ޝުޢޫރު ފާޅު ކުރި އެކަކު ލިޔުނެވެ.
https://twitter.com/selebkabupaten/status/1595547791874400256 ގިނަ މީހުން ވަނީ، މުބާރާތް ބާއްވާ ޤައުމު، ޤަތަރުގެ މީހުން ޤަބޫލު ކުރާ ގޮތަށާއި، އެ މީހުންގެ ދީނަށް ޖަރުމަނުންވެސް އިޙްތިރާމް ކުރަން ޖެހޭނެ ކަމަށް ބުނެފައެވެ. https://twitter.com/yassinedaily/status/1595435789290176512 އިއްޔެގެ މެޗުން ބަލިވި ޖަރުމަނު ވަނީ ޕްރެޝަރަށް ވެއްޓިފައެވެ. މި ގްރޫޕުގައި ދެން އޮތީ ސްޕެއިން އާއި ކޮސްޓަ ރީކާއެވެ. އަނެއް ބުރަށް ދިއުމަށް ޖަރުމަނުން ދެން ޖެހޭނީ ސްޕެއިން އާއި ކޮސްޓަ ރީކާވެސް ބަލިކުރާށެވެ.  

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް