Saturday, 31 October 2026
Advertisement
MWSC — SmartMeter (leaderboard)
ސަރުކާރު

ބަރަހަނާ ފޮޓޯގެ މައްސަލަ ބަލާނަން: ސަރުކާރު

ބަރަހަނާ ފޮޓޯގެ މައްސަލަ ބަލާނަން: ސަރުކާރު
މިނިސްޓަރ އޮފް ހޯމް އެފެއާޒްގެ ނައިބުގެ މަޤާމަށް އިއްޔެ އައްޔަން ކުރެއްވި ދިވެހި ބަހުގެ އެކަޑެމީގެ ކުރީގެ ރައީސް އަޝްރަފް ޢަލީގެ ބަރަހަނާ ފޮޓޯއެއްކަމަށް ބުނެ ލީކްކޮށްލާފައިވާ ފޮޓޯގެ މައްސަލަ ބައްލަވާނެކަމަށް ރައީސް އޮފީހުން ވިދާޅުވެއްޖެއެވެ. އަޝްރަފްގެ ބަރަހަނާ ފޮޓޯއެއްކަމަށް ބުނެ އެމްޑީ އަލަމްގީރް ނަމުގައި ހަދާފައިވާ ޓްވިޓާ އެކައުންޓަކުން ފޮޓޯއެއް ލީކްކޮށްލީ އިއްޔެގައެވެ. ރައީސް އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކަމާ ގުޅިގެން ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބުދެއްވަމުން ތަރުޖަމާނު މިއުވާން މުޙައްމަދު ވިދާޅުވީ ދައުލަތުގެ މަޤާމުތަކަށް ބޭފުޅުން އައްޔަން ކުރެއްވުމުގެ ކުރީގައި އެ ބޭފުޅުންގެ ކުށުގެ ރެކޯޑެއް އޮތްތޯ ބަލާނެ ކަމަށާއި މައްސަލައެއް އޮތްކަމަށްވާނަމަ މަޤާމަށް އައްޔަން ނުކުރައްވާނެ ކަމަށެވެ.
ދެން އޭގެފަހުގަ ތި ވިދާޅުވާ ހާލަތެއް އުޅޭކަމަށްވާނަމަ އެކަމާ ގުޅޭ ގޮތުން ބަލަންޖެހޭ ކަންކަން ބަލާނެ.
ލީކުވި ފޮޓޯއާއި ގުޅިގެން އަޝްރަފް ވިދާޅުވީ އެއީ އޭނާގެ ފޮޓޯއެއް ނޫން ކަމަށާއި އެއީ ފޭކެއް ކަމަށެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް