ދީން

މީސްމީހުންގެ ސިފައަށް ފާޑުކިޔުމަކީ އަނިޔާވެރިކަމުގެ ތެރޭގައި ހިމެނޭ ޢަމަލެއް: ޚުތުބާ

ރައުފާ ރަޝީދު ، ދެން އޮންލައިން

މީސްމީހުންގެ ސިފައަށާއި، ކުލައަށާއި އަޅާ ފޭރާމަށް ފާޑުކިޔުމަކީ އަނިޔާވެރިކަމުގެ ތެރޭގައި ހިމެނޭ ޢަމަލެއް ކަމަށް ޚުތުބާގައި ބުނެފިއެވެ. 

Ads by Sosun Fihaara

މިއަދުގެ ހުކުރު ޚުތުބާގައި އަލިއަޅުވާލައިފައިވާ މައުޟޫއު އަކީ "އަމިއްލަ ނަފްސި އިސްލާހުކުރުމަށް އިސްކަންދޭށެވެ" މިއެވެ.

ޚުތުބާގައި ބުނެފައިވަނީ އިންސާނާގެ ކަރާމާތަށް އުނިކަން ލިބިދާނެ ކަންކަމުން އޭނާގެ ނަފްސު ސަލާމަތްކޮށް ރައްކާތެރިކުރުމަށް އިސްލާމްދީން ބާރުއަޅާފައިވާ ކަަމަށެވެ. ވަކިން ހާއްސަކޮށް އެއްވެސް ހައްގަކާނުލައި, މުސްލިމް އަހާގެ ނަފްސުގެ ކަރާމާތާއި އިއްޒަތް ނަގާނުލުމަށް އިސްލާމްދީން ވަރަށް ބޮޑަށް ބާރުއަޅާ ކަމެއް ކަމަށެވެ.

"އެހެން މީހުންގެ ކުށްތަކާއި އައިބުތަކާއި, އުނި ސިފަތައް ހޯދައި ކަޝްފުކުރުން ވަނީ މަނާކުރައްވާފަ. ސަބަބަކީ އެއީ އިންސާނާގެ ދުނިޔެއާއި އާހިރަތް ފަސާދަކުރާ ބަލިމަޑު ކަމަކަށް ވުން" ހިތުބާގައި ބުންޏެވެ.

މީގެ އިތުރުން މުޖްތަމަޢުގައި އެއްބައިވަންތަކަމާއި އެކުވެރިކަން ގާއިމް ކުރުމުގައި ދުލަކީ ވަރަށް ވަރުގަދަ އެއްޗެއް ކަމަށާއި ދުލުން ގޯނާކުރުމުން ދުރުހެލިވާން ޖެހޭ ކަމަށް ބުނެފައިވެއެވެ. އަދި ގޯނާކުރުމާއި ދުރުހެލިވުމުގެ މާނައަކީ ނެތިމޮށުމާއި, މަލާމާތްކުރުމާއި, ފުރައްސާރަކުރުމާއި, ދެބައޮޑުވުން ފަދަ ކަންކަމުން ދުރުހެލިވުން ކަމަށްވެސް ހުތުބާގައި ބުނެފައިވެއެވެ.

އެހެން މީހުންނާ ކުރިމަތިވާ ބަލިމަޑުކަމާއި ތަދުމަޑުކަމާމެދު އުފާ ނުކުރުމަށާއި އެފަދަ ކަންތައްތައް ކުރާނަމަ ތިމާއަށް ވެސް މުސީބާތެއް ކުރިމަތި ކުރެއވުމަކީ ގާތް ކަމެއް ކަމަށް ހުތުބާގައި ބުނެފައިވެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!