ޚަބަރު ސަރުކާރު

ނާކާމިޔާބު ކޮށްލެވުނީ މިހާތަނަށް ރޭވި ޓެރަރިޒަމްގެ އެންމެ ނުރައްކާތެރި ރޭވުން: މާރިޔާ

ރައުފާ ރަޝީދު ، ދެން އޮންލައިން

މި މަހުގެ ތެރޭގައި ފުލުހުންނާއި ސިފައިން ގުޅިގެން ހިންގި ކައުންޓާ ޓެރަރިޒަމް އޮޕަރޭޝަނަކީ މިހާތަނަށް ނާކާމިޔާބު ކޮށްލެވުނު އެންމެ ނުރައްކާތެރި ރޭވުން ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

Ads by STELCO

މިނިސްޓަރ މިފަދައިން ވިދާޅުވީ އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑްގެ 29 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ރޭ އެ ކޮމާންޑް ހެޑްކްއޯޓަރޒް، ސ. ގަމުގައި ބޭއްވި ހަފުލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޑިފެންސް މިނިސްޓަރ ވިދާޅުވީ، ރައްޔިތުން، ސިފައިންނާ މެދު ދެކޭގޮތަކީ ކޮބައިކަން ދެނެގަނެ، އެފަދަ ބައެއްގެ ގޮތުގައި ތިބުމަކީ، ސިފައިންނާ މެދު ރައްޔިތުންގެ އިތުބާރާއި ޔަޤީންކަން އިތުރުކޮށް ދެމެހެއްޓުމަށް މުހިންމުކަމެއް ކަމުގައި ދެކެވަޑައިގަންނަވާ ކަމަށެވެ.

އެގޮތުން ޢާންމު ރައްޔިތުން ދެކޭ ގޮތުގައި، ކޮންމެ ސިފައިންގެ މީހަކީ ވެސް ފަސްޓް އެއިޑަރެއް ކަމަށާއި ސިފައިންގެ މީހަކު ހުރި ތަނެއްގައި މީހަކަށް ކަމެއް ވެއްޖިއްޔާ އެވަގުތު ކަންކުރަންވީ ގޮތް އޭނާއަށް އެނގެންޖެހޭ ކަމަށް ގިނަ ބަޔަކު ޤަބޫލުކުރާ ކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މިނިސްޓަރ ވިދާޅުވީ ދާދި ފަހުން ފުލުހުންނާއި ސިފައިން ގުޅިގެން އައްޑޫ އަދި އެހެން ބައެއް ހިސާބުތަކުގައި ހިންގި ކައުންޓަރ ޓެރަރިޒަމް އޮޕަރޭޝަނަކީ މިހާތަނަށް ނާކާމިޔާބު ކޮށްލެވުނު އެންމެ ނުރައްކާތެރި އެއް ރޭވުން ކަމަށެވެ.

“ ހަރުކަށި ފިކުރު ފެތުރުނަ ނުދޭން ސަރުކާރުން ގިނަ މަސައްކަތްތަކެއް މިދަނީ ކުރަމުން. އެހެންނަމަވެސް، މުޖުތަމަޢުގައި މިފަދަ ނުރައްކާތައް ފަތުރައި، ރައްޔިތުންނާއި މުދަލަށް ގެއްލުން ދިނުމަށް ރާވާ ފަރާތްތަކުން ހަމައެކަނި އެކަމަށް ހުސްވެލައިގެންތިބެ ކެނޑިނޭޅި އެ މަސައްކަތް އެބަކުރޭ” މިނިސްޓަރ ވިދާޅުވިއެވެ.

Ads by Ooredoo
  1. ނިއްކޮ ލަންކާ

    ތިވެސް ލާރި ހޯދަން ސަޅި ގޮތެއް. އެކަނު ތިގޮތަށް ލިބޭލާރީގެ %1 ކުން ނަމަވެސް ޖަލައްެވޭ މީހުން ވެ އާއިލާގެ ޚަރަދު ބަރަދު ބަލަހައް ދޭނަމަ އެމީހުންނަށް ޘެވޭ އަނިޔާ ކުޑަ ވިސްދޯ.

  2. ނުރަބޯ

    ރައްޔިތުންނަށް މަކަރާ ޙީލަތްހަދާ އޮޅުވާލެވޭނީ ވެސް ވަކި ވަރަކަށްތާ. ރާއްޖޭގައި މިހާތަނަށް ހިންގި ޓެރަރިޒަމްގެ އެންމެ ބިރުވެރި ޢަމަލަކީ 2012 ފެބްރުއަރީ 8 ގައި ރީނދޫ އެމްޑީޕީ އިން ހިންގުވި ބޮޑުހުޅު 2 ގެ ޓެރަރިސްޓް ޢަމަލު.