ޚަބަރު ސަރުކާރު

ރައީސްގެ ޚާއްސަ ސިޓީ ފުޅާކާއެކު ޝާހިދު ޔޫއޭއީއަށް

ރައުފާ ރަޝީދު ، ދެން އޮންލައިން

ރައީސް އިބްރާހިމް މުހައްމަދު ޞާލިޙްގެ ހާއްސަ ސިޓީފުޅަކާއެކު ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ޔޫއޭއީ އަށް ވަޑައިގެންފިއެވެ.

Ads by STELCO

ރައީސްގެ މި ސިޓީފުޅު ޔޫއޭއީގެ ރައީސްއަށް އެރުވީ، ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު، އެޤައުމުގެ ފޮރިން މިނިސްޓަރ ޝައިޚް ޢަބްދުﷲ ބިން ޒައިދު އަލް ނަޙްޔާނާއި އެކު ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ.

މިނިސްޓަރ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ މަންދޫބެއްގެ ހައިސިއްޔަތުން ޔޫއޭއީގެ ޚާރިޖީ ވަޒީރު ޝައިޚް ޢަބްދުﷲ ބިން ޒައިދު އަލް ނަޙްޔާނާ ބައްދަލުކުރައްވައި، ރައީސް ޞާލިޙްގެ ފަތްކޮޅު ޙަވާލުކުރެއްވުމަކީ ލިބުނު ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ.

މިނިސްޓަރ ވަނީ ދެޤައުމުގެ ޒަމަންވީ ގާތް، ބަދަހި ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވާ ޔޫއޭއީ ސަރުކާރުން ރާއްޖެ އަށް ވެދެއްވާ އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފައެވެ.

 

  1. ސިޓީފުޅުގައި އޮތީ ކީކޭތޯ ؟ 2023 ގައި އަބުދު ﷲ ޝާހިދު ކިޔާ ބޭފުޅަކު ރައީސުކަމަށް ކުރިމަތިލާ ވާހަކަތޯ ؟

  2. ޑިމޮކްރަސީ

    ސަލާމުގެ ސިޓީއެއްދޯ ލާރިގަޑެއްހޯދަންވީ އަނެއްކާވެސް ލިބޭ އެހީތަކާ ނަގާ ޓެކްސް ފައިސާއިން ދިވެހިންނަށް ވަނީ ކޮންކަމެއް ތިމާމެންގެ މީހުންނަށް ބައި އަޅާފަ ބެލެންސް ޒީރޯ ދަރަާބޯހިކެންނެއް