Saturday, 31 October 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ވިނަރެސް ފްލެޓްތަކަށް ކުރިމަތިލި މީހުންގެ ވަގުތީ ލިސްޓް އާންމުކޮށްފި

ވިނަރެސް ފްލެޓްތަކަށް ކުރިމަތިލި މީހުންގެ ވަގުތީ ލިސްޓް އާންމުކޮށްފި

ވިނަރެސް ހައުސިންގ މަޝްރޫއިން އެޕާޓްމަންޓް ގަތުމަށް އެދި ފޯމު ހުށަހެޅި ފަރާތްތަކުގެ ވަގުތީ ލިސްޓު އާންމުކޮށްފިއެވެ.

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީން ވިދާޅުވީ ހުޅުމާލޭގައި ތަރައްޤީ ކޮށްފައިވާ 'ވިނަރެސް' ހައުސިން މަޝްރޫއިން އެޕާޓްމަންޓް ގަތުމަށް އެދި ފޯމު ހުށަހެޅުމަށް ހުޅުވާލެވުނު ފުރުސަތުގައި ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވެފައިވާ ފަރާތްތަކާއި ޝަރުތުހަމަނުވާ ފަރާތްތަކުގެ މައުލޫމާތު ޝާއިއުކޮށްފައިވާކަމަށެވެ.

އަދި އެ ލިސްޓުގައި ހިމެނޭ ޝަރުތު ހަމަވާ ފަރާތްތަކުގެ މާލީ ޤާބިލުކަން ބެލުމާއި ގުޅޭގޮތުން އެ ފަރާތްތަކަށް މައުލޫމާތު ހިއްސާކުރާނެ ކަމަށާއި މައި-އެޕްލިކަންޓް އަދި ކޯ-އެޕްލިކަންޓްގެ ގޮތުގައި އެއް ފޯމަށްވުރެއް ގިނަ ފޯމުގައި ބައިވެރިވެފައިވާ ފަރާތްތަކަށް ކުރިއަށް ދެވޭނީ އެއް ފޯމާ އެކުކަމަށްވެސް އެޗްޑީސީން ވިދާޅުވިއެވެ.

Advertisement
Ooredoo — Truecaller (box)

އެޗްޑީސީން ވިދާޅުވީ ލިސްޓާއި ގުޅޭގޮތުން އެއްވެސް ޝަކުވާއެއް ހުށަހަޅަން ބޭނުންވާކަމުގައިވާނަމަ މައިހުޅުމާޅެ ހައުސިން ޕޯޓަލް މެދުވެރިކޮށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވިފައިވާ ކަމަށެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް