ހިތަދޫ އަށް އަރައި ފޭބުން މަނާކޮށްފި

އައްޑޫ ސިޓީ ހިތަދޫ އަށް އަރައި ފޭބުން މަނާކޮށްފިއެވެ.
އެޗްޕީއޭ އިން މިއަދު ނެރުނު އެންގުމެއްގައި ބުނީ ހިތަދޫ މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވަނީ ކޮވިޑް-19 އާ ގުޅިގެން ސިއްހީ ގޮތުން އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމަށް ކަމަށެވެ.
އެހެންކަމުން އެ ރަށުގައި ތިބި އެއްވެސް މީހަކު އެޗްޕީއޭ އިން ވަކިގޮތެއް އަންގަންދެން ރަށުން ފޭބުމާއި، އެ އެޖެންސީގެ ހުއްދަ ނެތި އެއްވެސް މީހަކު ރަށަށް އެރުން މަނާވާނެ ކަމަށްވެސް ބުނެފައިވެއެވެ.
ހިތަދޫގައި އަށް އަރައި ފޭބުން މަނާ ކޮށްފަައި މިވަނީ އައްޑޫ ހައި ސްކޫލްގެ ހޯލި އިމާރާތް ކުރަމުން އަންނަ ކުންފުނީގެ ބިދޭސީއަކު ވަނީ ކޮވިޑަށް ފައްސިވުުމާ ގުޅިގެންނެވެ. އަދި އެމީހާގެ ކޮންޓެކްޓް ޓްރޭސިން މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.
މީގެ އިތުރުން، އައްޑޫ ސިޓީއަށް ދިޔަ ފުލުހަކުވެސް ވަނީ ކޮވިޑަށް ފައްސިވެފައެވެ.