ޚަބަރު

ލޮނު ޒިޔާރަތް ޕާކާއި އާޓފިޝަލް ބީޗްގެ މަސައްކަތް ލަސްވާތީ މުއިއްޒުގެ ފާޑުކިޔުން ސަރުކާރަށް

އަފްރާޙް ޢަބުދުއްރަޝީދު ، ދެން އޮންލައިން

ލޮނު ޒިޔާރަތް ޕާކާއި އާޓިފިޝަލް ބީޗްގެ މަސައްކަތް ލަސްވާތީ ކުރީގެ ހައުސިން މިނިސްޓަރު އަދި ޕީޕީއެމްގެ ނައިބް ރައީސް ޑރ. މުހައްމަދު މުއިއްޒު ސަރުކާރަށް ފާޑުވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

މުއިއްޒު މިހެން ވިދާޅުވީ ލޮނުޒިޔާރާތްކޮޅުގައި ތަރައްގީކުރާ ޕާކު މިދިޔަ ހަފުތާގައި ހުޅުވާނެ ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފައިވީ ނަމަވެސް އެ ޕާކު މިއަދާ ހަމައަށް ވެސް ހުޅުވާފައި ނުވާތީއެވެ.

އެގޮތުން މުއިއްޒު ވިދާޅުވީ ކޮރަޕްޝަން ޕާކު ހުޅުވުމަށް އެންމެ ފަހުން ދިން ތާރީހު ވެސް ފަހަނައަޅާ ގޮސްފި ކަމަށެވެ.

"އޮފީސް ބަންދު ދުވަސްތައް ކަނޑާފައި މުއްދަތު ގުނަނީތޯ؟ އާޓިފިޝިލް ބީޗު ހުޅުވަންވެސް ތާރީހްތަކެއް ދިން، މިހާރު އެވާހަކަ ނުވެސް ދައްކާ. ބަލާލި ކޮންމެ ދިމާލަކުން މި ނޫން މަންޒަރެއް ރައްޔިތުންނަށް ނުފެނޭ." މުއިއްޒު ވިދާޅުވިއެވެ.

މާލެގެ ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފް މިދިޔަ މަހުގެ 25 ވަނަ ދުވަހު ވިދާޅުވި ގޮތުގައި "ލޮނުޒިޔާރަތް ބަގީޗާ" ގެ ހުރިހާ މަސައްކަތެއް މިހާރު ހުރީ ނިމިފައި ކަމަށެވެ. މިހާރު ކުރިއަށްދަނީ ހުޅުވުމުގެ ކުރިން ކުރަން ޖެހޭ ބައެއް ކުދިކުދި މަސައްކަތްތައް ކަމަށް އޭނާ ވަނީ ވިދާޅުވިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!