ޚަބަރު

މާލޭގައި ހުރި ގަރާޖުތައް ބަދަލުކުރުމަށް ހުޅުމާލެއިން ބިން ދެނީ

ރައުފާ ރަޝީދު ، ދެން އޮންލައިން

މާލޭގައި އާންމުން ދިރިއުޅޭ ސަރަހައްދުގައި ހިންގަމުންދާ ގަރާޖުތައް ރައްކާތެރި ސަރަހައްދުތަކަށް ބަދަލުކުމަށް ސަރުކާރާއި އެޗް.ޑީ.ސީއިން ކުރަމުން ގެންދާ މަސައްކަތުގެ ދަށުން، ގަރާޖު ހިންގުމަށް ހުޅުމާލެއިން ބިން ދިނުމަށް ނިންމައިފިއެވެ.

Ads by STELCO

އެޗް.ޑީ.ސީން ވިދާޅުވީ، މާލޭގައި މިހާރު ހިންގަމުންދާ ގަރާޖުތަކުގެ ތެރެއިން، 1000 އަކަފޫޓަށްވުރެ ކުޑަ ގަރާޖުތަކަށް ހުޅުމާލެއިން 1000 އަކަފޫޓޫ ބިން ދޫކުރުމަށް ނިންމާފައިވާކަމަށެވެ. އަދި 1000 އަކަފޫޓަށްވުރެ ބޮޑެތި ގަރާޖުތަކަށް 1300 އަކަފޫޓުގެ ބިން ދޫކުރުމަށް ވެސް ވަނީ ނިންމާފައެވެ.

މީގެ އިތުރުން، ހުޅުމާލެއިން ދޫކުރާ ބިންތަކުގައި އަޅާ ގަރާޖުތައް ދެ ފަންގި ފިލާއަށް އިމާރާތްކުރެވޭގޮތަށް އެޗްޑީސީއިން ވަނީ ނިންމާފައެވެ.

މިހާރު މާލޭގައި ހިންގަމުންދާ ގަރާޖުތަކަކީ ކުޑަތަންކޮޅެއްގައި އާންމު ރައްޔިތުންގެ ގެ ތަކުގައި ހިންގާ ގަރާޖުތަކެވެ. މި ގަރާޖުތަކުގައި ވެލްޑިން ކުރުން ފަދަ ކަންކަންކޮށް، ތަފާތު ކެމިކަލްތައް ބޭނުންކުރުމުގެ ސަބަބުން ނުރައްކާތެރި ހާދިސާތައް ހިނގަން މެދުވެރިވެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!