ޚަބަރު ސިޔާސީ

އިންތިޚާބާ ދިމާކޮށް، ރައްޔިތުންގެ ފައިސާ ބަހައި، ހުސްކުރަން އުޅޭ ކަހަލަ: ޝިޔާމް

ފަތޯނާ ފާއިޒު ، ދެން އޮންލައިން
ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަޙްމަދު ޝިޔާމް--

ރިޔާސީ އިންތިޚާބު އޮންނަ އަހަރާ ދިމާކޮށް، ރައްޔިތުންގެ ފައިސާ ބަހައި ހުސްކުރަން އުޅޭ ކަމަށް ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް(ޕީޕީއެމް)ގެ ނައިބު ރައީސް، އަދި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަޙްމަދު ޝިޔާމް ތުހުމަތު ކުރައްވައިފިއެވެ.

Ads by Sosun Fihaara

ޝިޔާމް މިފަދައިން ވިދާޅުވެފައިވަނީ ގެއްލުމުގެ ބަދަލު ނަގައިދީ، މައްސަލަތައް ހައްލުކުރުމުގައި އަމަލުކުރާނެ ހަމަތަކާއި އިޖުރާއަތުތައް ބަޔާންކުރާ އުސޫލެއް އެކުލަވައިލުމާ ގުޅިގެންނެވެ.

އެ އުސޫލުގައި ވާގޮތުން ސަރުކާރާއި އަމިއްލަ ފަރާތްތަކާ ދެމެދު ކޮށްފައިވާ ވިޔަފާރި މުޢާމަލާތްތަކަށް ވެފައިވާ އެއްބަސްވުންތަކުގެ ތެރެއިން، އޮގަސްޓު 7، 2008 އިން ފެށިގެން މި އުސޫލަށް ޢަމަލުކުރަން ފަށާ ތާރީޚާ ދެމެދު، އުފެދިފައިވާ މައްސަލަތަކަށް ބަދަލު ނަގައި ދޭނެ ކަމަށެވެ.

ޝިޔާމް ވިދާޅުވީ ބަދަލު ނަގައިދިނުމުގެ އުސޫލެއް މި ހެދީ، އެފަދަ އުސޫލެއް އުފަން ނުކޮށް، އެތައް ސަތޭކަ މިލިއަން ރުފިޔާއެއް ބެހުމަށް ފަހުގައި ކަމަށެވެ.

" އިންތިޚާބު އަހަރާ ދިމާކޮށް އަނެއްކާވެސް ރައްޔިތުންގެ ފައިސާ ބަހާ ހުސްކުރަންއުޅޭ ކަހަލަ."

އޭނާ އިތުރަށް ވިދާޅުވީ މީގެ ކުރިން، ބަދަލުގެ ގޮތުގައި ބަހާފައިވާ ފައިސާގެ ޔައުމިއްޔާތައް ހޯދައި، އެ މައްސަލަތައްވެސް ބަލާނެ ކަމަށެވެ.

މި ވެރިކަމުގައި ސަރުކާރުގެ އެކި ކުންފުނިތަކަށް ބަދަލުގެ ގޮތުގައި 1.5 ބިލިއަން ރުފިޔާއަށްވުރެ ގިނަ ފައިސާ ދީފައިވާ ކަަމަށް ފިނޭންސް މިނިސްޓްރީފެ ތަފާސް ހިސާބުތަކުން ދައްކައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!