އިންޑިއާއިން ރާއްޖެއަށް ދިން މާލީ އެހީ އަކީ ސަރުކާރުގެ މަސައްކަތަށް ލިބުނު ހިތްވަރެެއް: ޝާހިދު
އިންޑިއާ ސަރުކާރުން ދިވެހިރާއްޖެއަށް 100 މިލިއަން އެމެރިކާ ޑޮލަރުގެ މާލީ އެހީ ހަމަޖައްސައިދެއްވުމަކީ ރާއްޖޭގެ އިގްތިޞާދީ އަދި އިޖްތިމާޢީ ކުރިއެރުމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙުގެ ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް ލިބިގެންދިޔަ ހިތްވަރެއް ކަމަށް ފޮރިން މިނިސްޓަރު ޝާހިދު ވިދާޅުވެއްޖެއެވެ.
އިންޑިއާއިން މިއަދު ވަނީ ރާއްޖެއަށް 100 މިލިއަން ޑޮލަރުގެ ލޯނު އެހީ ދެއްވައިފައެވެ.
ފޮރިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ލޯނުގެ ރަމްޒީ ލިޔުން ހަވާލުކޮށްދެއްވީ އެ ޤައުމުން ރާއްޖެ ކަނޑައަޅާފައިވާ ސަފީރު މުނޫ މަހާވަރެވެ. ރާއްޖޭގެ ފަރާތުން އެ ލިޔުމާ ހަވާލުވެވަޑައިގަތީ ފޮރިން މިނިސްޓަރު ޝާހިދާއި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރެވެ.
ފޮރިން މިނިސްޓްރީން ވިދާޅުވީ އެއީ މި އަހަރުގެ އޮގަސްޓް މަހުގެ 1-4 އަށް ރައީސް ސާލިހު އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އިންޑިއާ ސަރުކާރާއެކު ކުރެވުނު މަޝްވަރާއެއްގެ ތެރެއިން ހަމަޖެހުނު މާލީ އެހީއެއް ކަމަށެވެ.
އެހީ ހަވާލުކުރެއްވުމުގެ ރަސްމިއްޔާތުގައި ފޮރިން މިނިސްޓަރު ވިދާޅުވީ، މި އެހީން ވެސް އެނގިގެން ދަނީ ރައީސްގެ ޚާރިޖީ ސިޔާސަތުތަކުގެ ކާމިޔާބީތައް ވާސިލުވެފައިވާ ހިސާބު ކަމަށެވެ.
ޝާހިދު ވިދާޅުވީ އިންޑިއާއަކީ ރާއްޖެއިން އެހީ ބޭނުންވި ކޮންމެ ވަގުތެއްގައި އެންމެ ގާތް ގުޅުމެއް ބާއްވައި އަވަސް އިޖާބަ ދޭ ޤައުމު ކަމަށެވެ. ކޮވިޑު-19ގެ ދަތި ދުވަސްތަކުގެ ތެރޭގައި ވެސް ރާއްޖޭގެ ހާލަތު ގާތުން ބަލައި، ބޭނުންވި ހުރިހާ އެހީތެރިކަމެއް އެ ޤައުމުން ފޯރުކޮށްދީފައިވާތީ ޝާހިދު އެކަމަށް ޝުކުރު އަދާކުރެއްވިއެވެ.
އަދި ވިދާޅުވީ މިވެރިކަމުގެ ހަތަރު އަހަރުގެ ތެރޭގައި އިންޑިއާއިން ރާއްޖެއަށް ހިލޭ އެހީއާއި ލޯނުގެ ގޮތުގައި 2.75 ބިލިއަން ޑޮލަރުގެ އެހީތެރިކަން ފޯރުކޮށްދީފައިވާކަމަށެވެ.
ސަރުކާރުން ހާރިޖިއްޔަތާއި މެދު ގެންގުޅޭ ވިސްނުމާއި ސިޔާސަތު ބޭރުގެ ގައުމުތަކުން ބަލައިގެންފައިވާކަމަށް ތަކުރާރު ކުރައްވައި ޝާހިދު ވިދާޅުވީ މިއަދު ދުނިޔޭގެ ގައުމުތަކުން ރާއްޖެ ފުރިހަމައަށް ބަލައިގެންފައިވާ ކަމަށެވެ.
އަދި ބައިނަލްއަޤްވާމީ ބައްދަލުވުންތަކާއި، ގައުމުތަކުން ރާއްޖެއަށް ކުރާ ޤަދަރާއި އިޙްތިރާމު ބޮޑުވެފައިވާކަމަށްވެސް ވިދާޅުވިއެވެ.
އާއްމުރައްޔިތުން ފެލާލައިގެން ނަގާ ޓެކްސް އަދި ވެހިކަލްތަކުގައި ސްޓިކާޖަހައިގެންނާއި، އެގޮތްމިގޮތުން ކުރާ ޖުރިމަނާ އަކީ ފޭރޭސަރުކާރައް އޮތް ހިއްވަރާއި، ބާރަކަށް ނުވޭތަަ
6%ން %8ށް ބޮޑުކުރުމުން ރައްޔިތުންގެ އަތުން ފޭރުމެކޭ ނުކިޔޭނެތަ އެހެންވީމާާ
އިންޑިއާ އައުޓު އިބޫޞާލިޙު އިސްތިއުފާ
ރިބާ ލޯނުގެ ދަރަނި !
100 މިލިޔަން ޑޮލަރަން ރާއްޖެއާއި ރާއްޖޭގެ ރައްޔިތުން ވިއްކާލީ ރައްޔިތުން ރޯންތައްޔާރުވޭ ނިދާފާ ތިބިރައްޔިތުން އަވަހަންތެދުވޭ؟