ސެންޓް ފުޅިއެއް ވަގަށް ނެގި މީހަކަށް 12,600 ރުފިޔާގެ ޖޫރިމަނާއެއް

ސެންޓް ފުޅިއެއް ވަގަށް ނެގި މީހަކު 12,600 ރުފިޔާއިން ޖޫރިމަނާކޮށްފިއެވެ.
މި މައްސަލައަކީ ދިވެހި ފިރިހެނަކު މި އަހަރުގެ ކުރީކޮޅު ހުޅުމާލޭ ފިހާރައަކުން ޓައިޓަން ވުޑް އިންޓެންސް ބްރޭންޑްގެ ސެންޓްފުޅިއެއް ވަގަށް ނެގި މައްސަލައެވެ.
ސެންޓްފުޅި ވަގަށް ނެގުމުން އޭނާގެ މައްޗަށް އުފުލީ ވައްކަން ކުރުމުގެ ކުށުގެ ދަޢުވާއަށް އޭނާ ވަނީ އިންކާރުކޮށްފައެވެ.
ނަމަވެސް ހުށަހެޅުނު ހެކިތަކަށް ރިޢާޔަތްކޮށް އޭނާގެ މައްޗަށް ކުށް ސާބިތުވާކަމަށް ކަނޑައެޅުމަށްފަހު ކްރިމިނަލް ކޯޓުން އިއްޔެ ޙުކުމް ކުރެއްވީ ދެ މަހާއި 12 ދުވަހަށް އޭނާ ޖަލަށްލުމަށެވެ. ނަމަވެސް ޖަލު އަދަބު ވަނީ 12,600 ރުފިޔާގެ ޖޫރިމަނާއަކަށް ބަދަލުކޮށްފައެވެ.