ޚަބަރު ސަރުކާރު

ވޯލްޑް ކަޕް މެޗެއް ބައްލަވާލެއްވުމަށް ރައީސް ޤަތަރަށް

ރައުފާ ރަޝީދު ، ދެން އޮންލައިން

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިމަހު ޤަތަރަށް ވަޑައިގަންނަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވެއްޖެއެވެ.

Ads by MWSC

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މިޢުވާން މުޙައްމަދު ވިދާޅުވީ މިހާރު ޤަޠަރުގައި ކުރިއަށްދާ ދުނިޔޭގެ ފުޓުބޯޅައިގެ އެންމެ ބޮޑު ޢީދު، ވޯލްޑް ކަޕް 2022 ގެ މެޗެއް ބައްލަވާލެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޤަތަރަށް ވަޑައިގަތުމަށް ހަމަޖެހިފައިވާކަމަށެވެ.

”ފައިނަލް ނުވަތަ ސެމީފައިނަލްގެ މެޗަކަށް ރައީސް ވަޑައިގަންނަވާފާނެ. އެކަމަކު އަދި އަޅުގަނޑަށް ޔަޤީންކޮށް ދަންނަވާކަށް ނޭނގެ” މިއުވާން ވިދާޅުވިއެވެ.

މިއުވާން ވިދާޅުވީ މި ދަތުރުފުޅަކީ ޤަޠަރުގެ އަމީރު ޝައިޚް ތަމީމް ބިން ޙަމަދް އަލްޘާނީގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެއްކަމަށެވެ.

ވޯލްޑް ކަޕް ފެށިގެން ކުރިއަށްދާއިރު މުބާރާތް ކުރިއަށްދާނީ ޑިސެމްބަރު މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށެވެ. މިހާރު ކުރިއަށްދަނީ ގްރޫޕްސްޓޭޖް މެޗުތަކެވެ.

Ads by HDC
  1. އަލީ

    ހަރަދު ކުޑަކުރުމުގެ ސިޔާސަތުގެ ދަށުން …. ޓެކުސް ބޮޑުކުރުމަށް ދާ ދަތުރެއް.