އެމްއެމްޕީއާރްސީ ޚިޔާނާތުގެ މައްސަލައާއި އެ ނޫން ވެސް އެފަދަ ބޮޑެތި މައްސަލަތަކުގައިި ދަޢުލަތަށް ލިބެންޖެހޭ ފައިސާ ނުހޯދެނީ ހޯދާނެ މަގު ނުފެނިގެނެއް ނޫން ކަމަށް ރައްޔިތުން މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޙަސަން ލަޠީފް ވިދާޅުވެއްޖެއެވެ.
ޙަސަން ލަޠީފް މިހެން ވިދާޅުވީ ދަޢުލަތަށް ގެއްލުނު ފައިސާ ހޯދާނެ މަގެއް ފެނިފައިިވާކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން ވިދާޅުވުމާ ގުޅިގެން އެކަމަށް ފާޑުވިދާޅުވެ ކުރެއްވި ޓުވީޓެއްގައެވެ.
އޭނާ ވިދާޅުވީ ފައިސާ ނުހޯދެނީ އެފައިސާ ހޯދާނެ މަގު ނުފެނިގެނެއް ނޫން ކަމުގައެވެ. އަދި މައްސަލާގައި ތުހުމަތުކުރެވޭ މީސްމީހުންގެ މައްސަލަތައް ވަތްގަނޑުގައި ބަހައްޓަވާފައި އެވަނީ އެ މީސްމީހުންގެ ކިބައިން އެކިކަހަލަ ސިޔާސީ ނާޖާއިޒު ފައިދާ ނަަންގަވަމުން ވަޑައިގެންނެވުމުގެ ބޭނުމުގައި ކަމަށް ވެސް ޙަސަން ލަޠީފް ވިދާޅުވިއެވެ.
ދާދިފަހުން ޙަސަން ލަޠީފް ވިދާޅުވެފައިވަނީ ދިގު ތިރީސް އަހަރުގައި ރައީސުލްޖުމްހޫރިއްޔާގެ މޭޒުކޮޅުގެ ވާތް ފަރާތުގެ ވަތް ގަނޑުގައި އަބަދުވެސް ފައިލްކޮޅުތަކެއް ހުންނަ ވާހަކަ އަޑުއައްސަވާ ކަމަށާއި, އެއީ ވަޒީރު ބޭފުޅުންނާއި މަޖިލީހުގެ މެންބަރުންނާ މި ބޭބޭފުޅުންގެ [އެ ބޭފުޅުންގެ މައްސަލަތަކާބެހޭ] ފައިލްކޮޅުތަކެއް ކަމަށެވެ.
އެ ފައިލްކޮޅުތައް މެދު ވަތްގަނޑުގައި ހުންނަހާ ދުވަހަކު އެއިން ވަޒީރަކަށް ނުވަތަ އެއިން މަޖިލިސް މެންބަރަކަށް ހަމަ ހިލާ ރައީސުލްޖުމްހޫރިއްޔާ ބޭނުންފުޅުވާ ގޮތެއް ނޫން ގޮތެއް ނުހެއްދެވޭނެ ކަމަށް ވެސް ޙަސަން ލަޠީފް ވަނީ ވިދާޅުވެފަވެ.
ސިޔާސީ ވަފާތެރި ކެހިވެރިން ހައްތާވެސް ! މުޅިން އެއްބަޔެއް !
ކުރަންވިކަންތައްނުކޮށް އެއްމެބާރުގަދަމަޖިލީސްމެމްބަރުންދުރުގައިއަނގަތަޅަންތިބެނޚީއްވެ