ޚަބަރު ސިޔާސީ

ރައްޔިތުންގެ އުންމީދުތަކުގައި ސަރުކާރުން ވަނީ ކޮޅުފައިން ޖަހާފައި: އިންތި

އަޙްމަދު ޝިޔާރު ، ދެން އޮންލައިން

ރައްޔިތުންގެ އުންމީދުތަކުގައި ސަރުކާރުން ވަނީ ކޮޅުފައިން ޖަހާފައިކަމަށް މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ (އިންތި) ވިދާޅުވެއްޖެއެވެ.

ކްލަބު ހައުސްގައި ވާހަކަ ދައްކަވަމުން އިންތި ވިދާޅުވީ އެމްޑީޕީ ވެރިކަމަށް އައުމުން ރައްޔިތުން ކުރާ އުންމީދު ޙަޤީޤަތަކަށްވެގެންދޭތޯ މިއީ މިއަދު ކުރަންޖެހޭ ސުވާލެއް ކަމަށެވެ.

އަަޅުގަނޑު ދެކޭ ގޮތުގައި އަޅުގަނޑުމެންގެ އުންމީދުތަކުގައި ކޮޅުފައިން ޖަހާފައި މިވަނީ މިއަދު ސަރުކާރުން.

އިންތި ވިދާޅުވީ ސިޔާސީ ޕާޓީތަކާމެދު ރައްޔިތުން ކުރާ އުންމީދު ވެސް ފުނޑާލައިފައިވާ ކަމަށެވެ. އަދި އެމްޑީޕީ ފުނޑާލައި ޕާޓީ ދެފަޅި ކޮށްލައި ޕާޓީ ބައިބައިކޮށްލައި ޕާޓީން ވީ ވަޢުދުތަކާމެދު ރައްޔިތުންގެ އިތުބާރު ނޯންނަ މިންވަރަށް ކަންކަން ގެންގޮސްފި ކަމަށް ވެސް އިިންތި ވިދާޅުވިއެވެ.

އެހެންވީމަ މީ މިވަގުތު އަޅުގަނޑުމެން ވިސްނަންވެއްޖެ ކަމެއް.

އިންތި އިތުރަށް ވިދާޅުވީ ސަރުކާރުން މިއަދު ރައްޔިތުންގެ މަޖިލިސް ރަބަރ ސްޓޭމްޕަކަށް ހަދާލައިފައިވާ ކަމަށެވެ. އަދި
ޤާނޫނުގެ ވެެރިކަމެއް މިއަދު ކުރިއަށްގެންދާ ތަން ފެނޭތޯ ވެސް އިންތި ސުވާލު ކުރެެއްވިއެވެ.

އެތެރޭގެ އިންތިޚާބެއް ބޭއްވިކަމުގައި ވީ ނަމަވެސް މުޅި ސަރުކާރު ނުކުމެ ވަކި ކެންޑިޑޭޓެއް ދައްކައި އެ ކެންޑިޑޭޓްގެ ފަހަތުގައި މުޅި ދައުލަތުގެ ބަޖެޓާއި މުޅި ދައުލަތުގެ ހުރިހާ ކުންފުނިތަކާއި ހުރިހާ ފަރާތްތަކާއި ނުވިތާކަށް ރައީސް އޮފީހުގެ ޓްވިޓާ ހޭންޑްލްވެސް ބިޒީވެލާފަ ޓްވީޓުކޮށްލަކޮށްލާ. މިހިރީ ޑިމޮކްރަސީއަށް ދޭ ގެއްލުން. ޕާޓީއަށް ދޭ ގެއްލުން. އަޅުގަނޑުމެންގެ ރައްޔިތުން ޕާޓީއާމެދު ކުރާ އިތުބާރަށް ހަދާލާ ގޮތް މި ފެންނަނީ.

މީޑިއާގެ މިނިވަންކަމަށް ސަރުކާރުން ނުފޫޒު ފޯރުއްވަވާފައިވާކަން ފާހަގަކުރައްވައި އިންތި ވަނީ ސަރުކާރުން ބޭނުންވާ އާޓިކަލްތައް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ފޮޓޯއާއެކު ނޫސްތަކުގައި ޖަހާތީ އެކަމާ ކަންބޮޑުވުން ވެސް ފާޅުކުރައްވައިފައެވެ.

Ads by Ooredoo
  1. ނާޅި

    ޓުކުސް ބޮޑު ކޮށްގެން ރައްޔިތުންގެ ޖީބު ލޫޓުވާ ސިޔާސީ ވަފާތެރި ކެހިވެރިން ހައްތާވެސް ، މުޅިން އެއްބަޔެއްމީ ދަޑުމަތީގައި ކުޅުނަސް ، ދަޑުބޭރުގައި ކުޅިބަލަން ތިއްބަސް، ފަހަރުގައި ރައްޔިތުންނަށް ހީވެދާނެ މީ ދެބަޔެއްހެންވެސް !