މިދިޔަ 24 ގަޑިއިރު ތެރޭ ކޮވިޑަށް ފައްސިވި މީހުންގެ އަދަދު 100 އިން މައްޗަށް
- މިދިޔަ 24 ގަޑިއިރުތެރޭ އިތުރު 143 މީހަކު ކޮވިޑް-19 އަށް ފައްސި ވެއްޖެއެވެ.

މިދިޔަ 24 ގަޑިއިރުތެރޭ އިތުރު 143 މީހަކު ކޮވިޑް-19 އަށް ފައްސި ވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ) އިން ބުނީ މި 143 މީހުންގެ ތެރޭގައި ހިމެނެނީ 107 ދިވެހިންނާއި، ބަންގްލަދޭޝްގެ 28 މީހަކާއި، އިންޑިއާ ހަ މީހަކާއި ނޭޕާލް ދެ މީހެއް ކަމަށެވެ
މިއަދު ފައްސިވި މީހުންނާއެކު ރާއްޖޭއިން ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު ވަނީ 5041 އަށް އަރާފައެވެ. މީގެތެރެއިން ފަރުވާ ދެމުން އަންނަނީ 2218 މީހުންނަށެވެ.
ރާއްޖެއިން ކޮވިޑް ޖެހިގެން މިހާތަނަށް ނިޔާވެފައި ވަނީ 19 މީހެކެވެ. އޭގެ ތެރޭގައި ހިމެނެނީ 13 ދިވެހީންނާއި، ހަ ބިދޭސީންނެވެ.