Wednesday, 28 October 2026
Advertisement
Allied Insurance (leaderboard)
ކުޅިވަރު

ވަރުގަދަ ސްޕެއިން ބަލިކޮށް، މޮރޮކޯގެ ޓީމް ޝުކުރުގެ ސަޖިދައަަށް

ވަރުގަދަ ސްޕެއިން ބަލިކޮށް، މޮރޮކޯގެ ޓީމް ޝުކުރުގެ ސަޖިދައަަށް

މިރޭ ސްޕެއިންއާއި މޮރޮކޯ ބައްދަލު ކުރި ވޯލްޑްކަޕްގެ ގަދަ16ގެ މެޗް، މޮރޮކޯއިން ކާމިޔާބުކޮށްފިއެވެ. މި މެޗް ކާމިޔާބުކޮށްފައިވަނީ، ޕެނަލްޓީ ޖަހައިގެންނެވެ.

މޮރޮކޯގެ މި މޮޅާއެކު މި ޓީމް ވަނީ ވޯލްޑްކަޕްގެ ކުއާޓަރ ފައިނަލަށް ދަތުރުކޮށްފައެވެ.

މޮރޮކޯއިން މި ވޯލްޑް ކަޕްގައި އަންނަނީ މޮޅު ނަތީޖާތައް ހޯދަމުންނެވެ. ގްރޫޕް ސްޓޭޖްގައި، ފުރަތަމަ މެޗުގައި ކްރޮއޭޝިއާއާ އެއްވަރުކޮށް، ދެވަނަ މެޗުގައި ބެލްޖިއަމް ބަލިކޮށް، ފަހު މެޗުގައި ކެނެޑާ ބަލިކޮށް، އެ ޓީމުން ގްރޫޕް ސްޓޭޖް ނިންމާލީ އެއްވަނައިގައި އޮވެއެވެ.

Advertisement
Ooredoo — Square (box)

މި ރޭގެ މެޗުގައި ދެ ޓީމުން ގިނަ ފުރުސަތުތަކެއް ހޯދި ނަމަވެސް ގޯލެއް ޖެހިފައެއް ނުވެއެވެ. މެޗުގައި އިތުރު 15 މިނެޓްގެ ކުޅުން ވެސް ދެއްކިއެވެ. ނަމަވެސް ދެ ޓީމަށް ވެސް ގޯލެއް ޖެހިފައެއް ނުވެއެވެ.

ޕެނަލްޓީގެ ތެރެއިން އެއް ވެސް ގޯލެއް ސްޕެއިނަށް ކާމިޔާބެއް ނުކުރެވުނެވެ. މެޗް ކާމިޔާބު ކުރީ މޮރޮކޯގެ ޕެނަލްޓީގެ ތިން ލަނޑާއެކުގައެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް