ދުނިޔެ

އަނެއްކާ ވެސް ކުއްޖަކު ވަޅަކަށް ވެއްޓިގެން ސަލާމަތް ކުރުމަަށް މަސައްކަތްކުރަނީ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އިންޑިއާގެ ކުޑަ ވަޅެއްގައި 16 ގަޑިއިރަށް ވުރެ ގިނަ އިރު ވަންދެން ތާށިވެފައި އޮތް އަށް އަހަރުގެ ކުއްޖަކު ސަލާމަތް ކުރުމުގެ މަސައްކަތް ފަށައިފިއެވެ.

Ads by Sosun Fihaara

އަންގާރަ ދުވަހުގެ ރޭ ރައްޓެހިންނާ އެކު ކުޅެން އުޅެނިކޮށް އިންޑިއާގެ މެދުތެރޭގެ ސްޓޭޓެއް ކަމަށްވާ މަދްޔަ ޕްރަދޭޝްގައި ހުންނަ ވަޅަކަށް ވެއްޓިފައިވަނީ ތަންމޭ ސަހޫ ނަމަކަށް ކިޔާ ކުއްޖަކެވެ.

އޮފިޝަލުން ބުނާ ގޮތުގައި އޭނާ ތާށިވެފައި ވަނީ ގާތްގަނޑަކަށް 55 ފޫޓުގައެވެ. އެއީ 400 ފޫޓު ހުންނަ ވަޅެކެވެ..

އެ ކުއްޖާ ސަލާމަތް ކުރުމަށް ހަރަކާތްތެރިވާ ފަރާތްތަކުން ކުއްޖާއަށް އޮކްސިޖަން ޕަމްޕް ކުރަމުން ދިޔަ ނަމަވެސް، އެކުއްޖާގެ ހާލަތު ދެނެނުގަނެވޭނެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ސްޓޭޓްގެ ޑިޒާސްޓަރ ރެސްޕޮންސް ފޯސްއިން ދަނީ އެ ކުއްޖާ ސަލާމަތްކުރުމުގެ މަސައްކަތުގައި އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

ޑިސްޓްރިކްޓް މެޖިސްޓްރޭޓް ޝަޔަމެންދުރަ ޖައިސްވާލް އޭއެންއައި ނިއުސް އެޖެންސީއަށް ވިދާޅުވީ އެ ކުއްޖާ ސަލާމަތް ކުރަން އަދި އިތުރު ދެ ގަޑިއިރު ނަގާނެ ކަމަށެވެ.

"[ވަޅުތެރޭގައި] ހިލަތަކެއް ހުރުމުން ހީކުރި ވަރަށް ވުރެ ގިނަ އިރު ނަގަނީ،" އޭނާ ވިދާޅުވި ގޮތުގައި ސަލާމަތްކުރާ ފަރާތްތަކުން އެކްސްކަވޭޓަރުތައް ބޭނުންކޮށްގެން ވަޅުގެ ކައިރި ކޮންނަމުން އަންނަ ކަމަށެވެ.

ފެނުގެ ދަތިކަމުގެ ސަބަބުން އިންޑިޔާގެ ގިނަ ދަނޑުވެރިން ވަނީ ފެން ހިއްކުމަށް ޓަކައި ފުން ވަޅުތަކެއް ހަދާފައެވެ. ނަމަވެސް ބައެއް ވަޅުތައް އަޅާނުލެވި ދޫކޮށްލެވިފައި ހުރުމުން ގިނަ ދަތިތަކަކާ ދިމާވެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!