އަންނަ އަހަރު ރާއްޖޭގައި ޑްރޯން ހުއްދަ ދޭން ފަށަނީ

ރާއްޖޭގައި ޑްރޯން ހުއްދަ އަންނަ އަހަރުތެރޭ ދޭން ފެށުމަށް ތައްޔާރުވަމުންދާކަމަށް މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން ޢާއިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.
ބައިނަލްއަޤުވާމީ މަދަނީ ވައިގެ ދަތުރުފަތުރުގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ޚިޠާބުގައި ނަހުލާ ވިދާޅުވީ މިއަހަރު ނިމުމުގެ ކުރިން ޑްރޯން އޮޕަރޭޓްކުރުމަށް ހުއްދަ ދިނުމުގެ އިންތިޒާމްތައް ނިންމާލެވޭނެ ކަމަށެވެ.
އެއާއެކު ރާއްޖޭގައި ޑްރޯން މެދުވެރުކޮށް ތަފާތު ޚިދުމަތްތައް ފޯރުކޮށްދިނުމަށް އަންނަ އަހަރު ހުއްދަދޫކުރަން ފެށޭނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
އެ ޚިތާބުގައި ނަހުލާ އިތުރަށް ވިދާޅުވީ 2022 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ބައިނަލްއަޤްވާމީ ފްލައިޓް މޫވްމަންޓްތައް ހުރީ 2019 ވަނަ އަހަރަށްވުރެ 97 އިންސައްތަ މަތީގައި ކަމަށެވެ.
އަދި ވެލިއުސް އާއި ޑޮމެސްޓިކް ވެލިއުސް ހުރީ 90 ޕަސެންޓަށް ވުރެ މަތީގައި ކަމަށާއި ޓްރާންސިޓް ޕަސެންޖަރުންގެ އަދަދު 2019 ވަނަ އަހަރަށްވުރެ 71 އިންސައްތަ މައްޗަށް އަރާފައިވާ ކަމަށް ވިދާޅުވިއެވެ.
ކަބުލޮ މާ ޑްރޯން ވެގެން ތިއުޅެނީ ކޮރަޕްޝަން މައްސަލައެއް ބަލާތީ އެކަން ފޮރުވަންތޯ؟