Wednesday, 28 October 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ކުޅިކޮށް ކައިގެން ކެއްސުންގަނޑެއް އަރައި މީހެއްގެ މޭކަށިތައް ބިނދިއްޖެ

ކުޅިކޮށް ކައިގެން ކެއްސުންގަނޑެއް އަރައި މީހެއްގެ މޭކަށިތައް ބިނދިއްޖެ

ޗައިނާގައި އަންހެނަކު ވަރަށް ކުޅިކޮށް ތައްޔާރުކޮށްފައި ހުރި އެއްޗެއް ކައިގެން ކޮށިއެރުމުން އޭނާގެ މޭކަށިތައް ބިނދިއްޖެއެވެ.

ސައުތް ޗައިނާ މޯނިންގް ޕޯސްޓުގައި ރިޕޯޓުކޮށްފައިވަނީ ހުއަންގް ނަމަކަށް ކިޔާ މި އަންހެން މީހާ ކާން ހުއްޓާ ކެއްސުންގަނޑެއް އަރައި އޭނާގެ މެއިން އަޑެއް ގޮވިކަމަށެވެ.

ނަމަވެސް އެއީ މާބޮޑު ކަމަކަށް ނުހަދާ އެހެން އުޅެނިކޮށް ދުވަސްކޮޅެއްފަހުން އޭނާއަށް ނޭވާލާންށާއި، ވާހަކަދައްކަން އުނދަގޫވާން ފެށީކަމަށް އޭނާ ބުންޏެވެ.

Advertisement
Allied — Dhen Online (box)

ޑޮކްޓަރަށް ގޮސް ސީޓީ ސްކޭނެއް ހެދުމުން އެނގުނީ އޭނާގެ މޭކަށިގަނޑު ބިނދިފައިވާކަމެވެ. އަދި ޑޮކްޓަރުން ބުނި ގޮތުގައި އެހާ ފަސޭހައިން އޭނާގެ މޭކަށިގަނޑު ބިނދުނީ އޭނާގެ ގައިގެ ބަރުދަން ލުއިވެފައި އޭނާގެ ހަށިގަނޑު ހިކިކަމުން ކަމަށެވެ.

އޭނާ އަމިއްލައަށްވެސް ބުނެފައިވަނީ އޭނާގެ މޭކަށިގަނޑު ބޭރުންވެސް އިނގޭ ވަރަށް އޭނާ ހިކި ކަމަށެވެ. އަދި މި އަނިޔާއިން ރަނގަޅު ވުމުން ދުޅަހެޔޮ ސިއްޙަތެއްގައި ހުރުމަށް  މަސައްކަތް ކުރާނެ ކަމަށްވެސް އޭނާ ބުންޏެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް